logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުންވަނީ ދެމިއޮންނަ ހައްލުތަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން: ރައީސް

އައިޝަތު ނަޝާ
13 ފެބްރުއަރީ 2026 - 07:29
ބޭނުންވަނީ ދެމިއޮންނަ ހައްލުތަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން: ރައީސް

ރާއްޖޭން ބޭނުން ވަނީ އަވަހަށް ފައިސާތަކެއް ދޭނެ އިންވެސްޓަރުންތަކެއްގެ ބަދަލުގައި، ބިނާކުރަނިވި ގޮތެއްގައި ޝާމިލުވެ، ޒިންމާދާރުކަމާއެކީ އިންވެސްޓްކޮށް، ދެމިއޮންނަ ހައްލުތަކަށް އިންވެސްޓުކުރާނެ ބަޔެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ،ޖަރުމަނަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރިންނާއެކީ ބޭއްވި "މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަދުގެ ދުނިޔޭގެ މާހައުލަކީ އެއްވެސް ހާލެއްގައި ފަސޭހަ މާހައުލެއް ނޫން ކަމަށާއި، އެގޮތުން އިގުތިސޯދުތަކުން ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފައިވާ ފިއްތުންތަކެއް ކަމަށެވެ.

އަދި މިހެން ހުރި ޕްރެޝަރުތަކުގެ ތެރޭގައި މޫސުމީ ބަދަލުގެ ނުރައްކަލާއި، އިގުތިސޯދީ ޔަގީންކަން ނެތުމާއި، ޑިމޮގްރަފިކް ބަދަލުތަކާއި، ޓެކްނޮލޮޖީގެ ހަލުވި ބަދަލުތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި، އަދުގެ ހާލަތު ގިނަ މީހުން ސިފަކުރަނީ "ޕޮލިކްރައިސިސް" އެއްގެ ގޮތުގައި ކަމަށް ފާހަކުރައްވަމުން އެމަނިކުފާނު ވަނީ މި ހަގީގަތާ އެއްގޮތަށް ބަދަލުވާން، އެންމެނަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ 2040 ގެ ތަސައްވުރުގެ ފަހަތުގައިވާ ރޫހަކީ މިއީ ކަމަށާއި، މި ތަސައްވުރަކީ މި ތާރީހުގެ ކުރިން ތަރައްގީވެފައިވާ ގައުމުތަކުގެ ގިންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ތަރައްގީކުރަން މި ސަރުކާރުން ގެންގުޅޭ ތަސައްވުރެެއ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ތަސައްވުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ކަށަވަރުވާ ގޮތަށް އިގުތިސޯދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކޮށް، ތިމާވެށި ހިމާޔަތްކޮށް، ރައްޔިތުންގެ ދުވަހުގެ ދިރިއުޅުން ރަނގަޅުވާނެކަން ކަށަވަރުކުރުމުގެ ވައުދެއް ކަމަށެވެ. މި ސަަރުކާރުގެ ދެ އަހަރުގެ ތެރޭގައި އަމާޒު ހުރީ، މި ތަސައްވުރު ހަގީގަތަކަށް ހަދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކްރިޓިކަލް އިންފްރާސްޓްރަކްޗަރު އަޕްގްރޭޑްކުރުމާއި އެއާޕޯޓުގެ ކެޕޭސިޓީ ފުޅާކުރުމާއި، ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުގެ އިތުރުން މާލީ ނިޒާމު ޒަމާނީކޮށް، ބޭރު ފައިސާ ލިބޭނެ މަގު ފަސޭހަކޮށް، އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރުންކަން ރައިސް ފާހަގަކުރެއްވި އެވެ. އަދި، މި ބަދަލުތަކުގެ ނަތީޖާ މިހާރު ވެސް ފެންމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިންނާއި ސިއްހަތުގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމަށް މިހާރު ކުރަމުންދާ ކަންކަމާއި ކުރިއަށް ރާވާފައި ހުރި ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި، ރާއްޖެ ދެން އޮތް ހަރުފަތަށް ދާން ބޭރުގެ އިންވެސްޓުމަންޓްތަކާއި ފަންނީ ތަޖުރިބާ ޒަރޫރީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަރުމަނުގައި ބޭއްވި ވިޔަފާރި ރައުންޑްޓޭބަލްގައި އެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ މެންބަރުންނާއި ބައެއް ވިޔަފާރިވެރިން ބައިވެރިވީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުންވަނީ ދެމިއޮންނަ ހައްލުތަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުން: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންރައީސް ޖަރުމަނުވިލާތުން މާލެ ވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންމަރަދޫފޭދޫގައި އައި.ޔޫ.އެމްގެ ކެމްޕަހެއް ހުޅުވައިފިޚަބަރު | 16 ގަޑިއިރު ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | ދުވަހެއް ކުރިން