logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކަ ސައީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފި

އައިޝަތު ނަޝާ
16 ފެބްރުއަރީ 2026 - 10:19
ފެނަކަ ސައީދު  ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށް ސާބިތުވެ އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ސައީދު އިއްޔެ ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތަށް ބަލައި ވަގުތީ ގޮތުން ކަމަށެވެ.ސައީދުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާކަން މީގެކުރިން އޭނާގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ މިހާރު ތަންފީޒު ކުރަމުންދާ ހަތަރު އަހަރުގެ ޖަލު ހުކުމަކީ،  2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.

ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ.

އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައި ވަނީ، އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުންހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައި ވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބަ ހިނގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކަ ސައީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 4 މަސް ކުރިން