logo
Bank of Maldives

Bank of Maldives

ޚަބަރު

ފުއްޕާމޭގެ އާލާސްކަންފުޅެއްގައި ސައުދީ ރަސްގެފާނަށް ފަރުވާ ދޭން ފަށައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
8 އޮކްޓޯބަރު 2024 - 12:17
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފުއްޕާމޭގައި އިންފްލެމޭޝަން އުފެދި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ސައުދީ ނިއުސް އެޖެންސީ އިން ބުނެފިއެވެ. ރަސްގެފާނު ސަލްމާން އަށް ފުއްޕާމޭގެ އާލާސްކަންފުޅެއް ޖެހިފައިވާކަން އެނގުނީ މެޑިކަލް ޓެސްޓުތައް ހެދުމަށް ފަހުގައެވެ. އަދި އެމަނކުފާނަށް މިހާރު ޖިއްދާގައި ފަރުވާދެމުން އަންނަ ކަމަށްވެސް އެ ނޫހުންވަނީ ރިޕޯޓްކޮށްފައިވެއެވެ.

ރަސްގެފާނުގެ އާލާސްކަންފުޅާ ގުޅިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޖަޕާނަށް ކުރައްވަން ތާވަލުކޮށްފައި އޮތް ދަތުރު މިހާރު ވަނީ ފަސްކުރައްވާފައެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މި ދަތުރު އަލުން ފަހުގެ ތާރީޚެއްގައި ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

king-and-crown-prince-e1549949993782.webp

ދަރިކަލުން މުހައްމަދު ބިން ސަލްމާން އާއި ސަލްމާން ބިން އަބްދުލްއަޒީޒް

ރަސްގެފާނު ސަލްމާން ވަނީ 2020 ވަނަ އަހަރުގައި ވެސް ސާޖަރީއެއް ހައްދަވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން ދެމުންގެންދާ އެހީތެރިކަމަށް މަޖިލިސް ރައީސްގެ ޝުކުރުޚަބަރު | 2 މަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 2 މަސް ކުރިންސަޢުދީގެ އިސް މުފްތީ އަކަށް ޑރ. ޞާލިޙު ބުން ޙުމައިދު ޚަބަރު | 5 މަސް ކުރިން