ސަޢުދީގެ އިސް މުފްތީ އަކަށް ޑރ. ޞާލިޙު ބުން ޙުމައިދު
24 ސެޕްޓެމްބަރު 2025 - 15:33

ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަކަށް މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އައްޔަނު ކުރައްވައިފި އެވެ.
ދީނީ މަޤާމުތަކަށް މީހުން ހަމަޖެއްސުމުގެ އުޞޫލުތަކާ އެއްގޮތަށް ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަކަށް ހަމަޖެއްސެވީ ދެ ހަރަމްފުޅުގެ ޚާދިމު، ރަސްގެފުޅު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ.

Ad by Hajj Corporation
ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ދަރުބާރުން ނެރުނު އިޢުލާނުގައިވާގޮތުން ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަކަށް އަދި ދަންނަބޭކަލުންގެ އިސް މަޖިލީހުގެ ރައީސްގެ މަޤާމަށް އަލްމަސްޖިދުލްޙަރާމްގެ އިމާމު ޝައިޚް ޑރ. ސާލިޙް ބިން ޙުމައިދު އައްޔަނުކުރެއްވީ އަންގާރަދުވަހުއެވެ.
އިސް މުފްތީ އަކަށް ޑރ. ޞާލިޙު އައްޔަނުކުރައްވާފައި މިވަނީ އެ މަގާމުގައި ކުރީން ހުންނެވި އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚް އިއްޔެ އަވަހާރަވުމާއި ގުޅިގެންނެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އަކީ 1984 ވަނަ އަހަރުން ފެށިގެން މަސްޖިދުލްޙަރަމްގެ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން އަންނަ އިލްމުވެރިއެކެވެ. އަދި އަރަފާތު ދުވަހު ނަމިރާ މިސްކިތުގައި ހައްޖުގެ ޚުޠުބާ ދެއްވުމުގެ ޝަރަފުވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ވަނީ މައްކާގެ އުންމުލްޤުރާ ޔުނިވަރސިޓީން ފިޤުހު އަދި އުޞޫލުލްފިޤުހުން ޕީއެޗް.ޑީ ހާސިލްކުރައްވާފައެވެ. އެމަނިކުފާނުގެ ބެޗްލަރސް އަދި މާސްޓަރސް ޑިގްރީވެސް ޝަރީޢަތާއި ފިޤުހުން، ހަމަ އެ ޔުނިވަރސިޓީން ހާސިލްކުރައްވާފައިވެއެވެ.
ޝައިޚް ޙުމައިދަކީ އިސްލާމީ ފިޤުހުގެ ފުންނާބު އުސް ، މަސްޖިދުލްޙަރަމްގައި އެތައް އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވުމުގެ ސަބަބުން ވަރަށް ބޮޑަށް އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ.


