logo
Bank of Maldives

Bank of Maldives

ޚަބަރު

'އިޔަރ އޮފް ދަ ފަޔަރ ހޯސް' ދޭހަކޮށްދެނީ ޗައިނާއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ: ރައީސް

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 06:45
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

'އިޔަރ އޮފް ދަ ފަޔަރ ހޯސް' ދޭހަކޮށްދެނީ ޗައިނާއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ އިތުރުން އިސް ވެރީންނަށާއި އެޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިޔަރ އޮފް ދަ ފަޔަރ ހޯސް' ނަމުން ނަން ދެވިފައިވާ، އަހަރު ޗައިނާއިން މިވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ ދޭހަކޮށްދޭ ކަމަށާއި، މި ރަމްޒީ އަހަރުގައި ޝުކުރުވެރިވެ އިތުރަށް ފާހަކުރާނެ ކަންކަން ހުރިކަމަށެވެ. ރައީސްގެ ޕޯސްޓުގައިވަނީ، މުސްތަޤުބަލުގައިވެސް ޗައިނާގެ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައި ވަނީ، ރާއްޖެއާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ޤައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް އެއް ޤައުމުގެ އިތުރުން، އެޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ޤައުމުވެސް މެއެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދިޔައެވެ. މިއާއެކު ދެ ޤައުމު ދެމެދުގައި އޮންނަ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އަކަށް ބަދަލުވެފައެވެ.

ޗައިނާގެ އައު އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ. ކޮންމެ އަހަރަކަށްވެސް އެ ޤައުމުގެ ސަޤާފަތާއި އެއްގޮތަށް ވަކި ހާއްސަ ނަމެއް ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'އިޔަރ އޮފް ދަ ފަޔަރ ހޯސް' ދޭހަކޮށްދެނީ ޗައިނާއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދީލަތި ނިންމެވުމެއް: ސިނަމާލެ/މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ އެއްކޮށް މާފު، ކޮންމެ ފްލެޓަކަށް 100،000ރ. ޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި ޚަބަރު | 16 ގަޑިއިރު ކުރިންދެ އިންތިޚާބު އެއްކޮލުމަށް އިސްލާހު ތަސްދީގުކުރެއްވުމުގެ ކުރިން އާންމު ވޯޓަކަށް ދަނީޚަބަރު | 19 ގަޑިއިރު ކުރިން