logo
Bank of Maldives

Bank of Maldives

ޚަބަރު

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފި

އައިޝަތު ނަޝާ
18 ފެބްރުއަރީ 2026 - 05:35
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފި

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މޯލްޑިސް ޒަކާތު ހައުސް އިން ބުނިގޮތުގައި، މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށްގެން، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:

    • އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
    • ތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާ
    • ރަތް ހަނޑުލުންނަމަ 96 ރުފިޔާ
    • ބަސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާ
    • ބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާ
    • ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާ
    • އާދައިގެ ފުށުންނަމަ 10 ރުފިޔާ އަދި
    • އާޓާ ފުށުންނަމަ 75 ރުފިޔާ

ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންމޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިޚަބަރު | 2 މަސް ކުރިންޒަކާތު ކައުންސިލަށް އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން