logo
Bank of Maldives

Bank of Maldives

ޚަބަރު

ރީ-ރަޖިސްޓްރޭޝަނަށް އިތުރު ފަސް ދުވަސް ދީފި

އައިޝަތު ނަޝާ
18 ފެބްރުއަރީ 2026 - 07:16
ރީ-ރަޖިސްޓްރޭޝަނަށް އިތުރު ފަސް ދުވަސް ދީފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއެކު ބާއްވާނެކަން އާންމުކޮށް އިޢުލާނުކޮށް، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުން ރީ-ރަޖިސްޓްރީވާން މިއަދުން ފެށިގެން 5 ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު 10:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. މީގެކުރިން އީސީން ދިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާއެކުއެވެ.

ހަމަ އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026" އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް ގާއިމު ކުރެވިފައިވާ "ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަށް އެ ވޯޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރުވަނީ އީސީން ހުޅުވާލާފައެެވެ.

 ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީ-ރަޖިސްޓްރޭޝަނަށް އިތުރު ފަސް ދުވަސް ދީފިޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިހާބު އެއްކޮށްލާ ވޯޓާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންރީ-ރަޖިސްޓްރީ ވުމުގެ ސުންގަޑި މިއަދު ހަމަވަނީޚަބަރު | 2 ދުވަސް ކުރިންރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީޚަބަރު | 3 ދުވަސް ކުރިން