logo
Bank of Maldives

Bank of Maldives

ދުނިޔެ

ސައުދީ އިން ޗައިނާ އަށް ކުރަން ނިންމި ދަތުރު ފަސްކޮށްފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
8 އޮކްޓޯބަރު 2024 - 14:34
ޗައިނާގެ ރައީސް އާއި ސައުދީ ވަލީއަހުދު
ޗައިނާގެ ރައީސް އާއި ސައުދީ ވަލީއަހުދު

ސައުދީ އިން ޗައިނާއަށް ކުރަން ނިންމި ދަތުރު ފަސްކޮށްފިއެވެ. ޗައިނާގެ ޓޯކިއޯ އަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރު ފަސްކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ޑި ފެކްޓޯ ލީޑަރު މުހައްމަދު ބިން ސަލްމާންގެ ބައްޕާފުޅު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަށް ދިމާވި ފުއްޕާމޭގެ އާލާސްކަންފުޅާއި ގުޅިގެންނެވެ.

ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މި ދަތުރު އަލުން ފަހުން ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ހޯމަ ދުވަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ފޯނު މެދުވެރިކޮށް މުޙާތަބުކުރައްވާފައެވެ. ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ޣައްޒާ އާއި ޔޫކްރެއިން ފަދަ އެތައް ކާރިސާތަކަކާ ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސައުދީ ސަރުކާރާއި ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރު ވީހާވެސް އަވަހަކަށް އަލުން ހަމަޖައްސަން ބޭނުން ކަމަށް ދެ ގައުމުގެ ވަޒީރުން ވެސް ވަނީ އަންގަވާފައެވެ

ގަލްފުގައި ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔަކީ ސައުދީ އަރަބިއާއެވެ. 2024 ވަނަ އަހަރު ބަންޑާރް އަލް ޚޮރައިފް އިސްވެ ހުންނަވައިގެން އިރުމަތީ އޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އޮޓޯމޯޓިވް އަދި އޮޓޮމޭޝަން ދާއިރާއިން ޗައިނާގެ ކުންފުނިތަކާ އެކު ގުޅުން ބަދަހިކުރުމަށް ސައުދީ އަރަބިއްޔާއިން ވަނީ ހުށައަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން ދެމުންގެންދާ އެހީތެރިކަމަށް މަޖިލިސް ރައީސްގެ ޝުކުރުޚަބަރު | 2 މަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 2 މަސް ކުރިންސަޢުދީގެ އިސް މުފްތީ އަކަށް ޑރ. ޞާލިޙު ބުން ޙުމައިދު ޚަބަރު | 5 މަސް ކުރިން