logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯ އިން ގުޅީގައި އާ އިންޖީނެއް ބަހައްޓާ ހިދުމަތް ދޭން ފަށައިފި

ޒިދާން މުޙައްމަދު
19 ފެބްރުއަރީ 2026 - 10:39
ސްޓެލްކޯ އިން ގުޅީގައި އާ އިންޖީނެއް ބަހައްޓާ ހިދުމަތް ދޭން ފަށައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯ އިން މާލެ އަތޮޅު ގުޅީގައި އާ އިންޖީނެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެ ރަށުގައި ބަހައްޓައި، އެ އިންޖީނުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުޅީގައި ބެހެއްޓި އާ އިންޖީނާ އެކު، ޕަވާ ޖަނަރޭޝަން ކެޕޭސިޓީ ނުވަތަ ކަރަންޓު އުފެއްދޭ މިންވަރު 1،904 ކިލޯވޮޓަށް އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

HBfnb5cagAATpmm.jpg

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ގުޅީގެ ކަރަންޓު ކެޕޭސިޓީ މި ރޯދަމަހުގެ ކުރިން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެއެވެ. 

ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއު ވެސް ހިންގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ އެ މަސައްކަތް ނިންމައިފައެވެ.  

ގުޅިއަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށުގައި މިވަގުތު 15 ގެސްޓު ހައުސް ހިންގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 ދުވަސް ކުރިން ކަރަންޓު ކެނޑުނީ ފޭސް2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވުމުން!ޚަބަރު | 3 ދުވަސް ކުރިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓް ދިފި!ޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ޓެކްނިކަލް ޓީމުންހަރަކާތްތެރިވަނީ ވިޔަފާރި | 3 ދުވަސް ކުރިން