ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފި
20 ފެބްރުއަރީ 2026 - 05:45

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ.
ނޯތު ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނޯތު ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ.

Ad by Hajj Corporation
މި ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ.
މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސާޖަންޓް އާދަމް ހަސަންއެވެ
ފަސްޓް ލައިން މެނޭޖްމަންޓް ކޯހަކީ، ފުލުހުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމަށާއި، ސުޕަވައިޒްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ ކޯހެކެވެ. މި ކޯހުގައި ލީޑަރޝިޕް، އަހުލާގު، ސުޕަވިޜަން، ގާނޫނީ ހޭލުންތެރިކަން އަދި ކޮމިއުނިޓީ ޕޮލިސިންގއާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އަމަލީ ތަމްރީނުތަކާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޯހުގެ ސަބަބުން، ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި، ހުނަރާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާ އަދި އެ ކަންކަން ސުޕަވައިޒްކުރުމަށް ގާބިލު ފުލުހުންތަކެއް އުފެދިގެންދާނެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 18 އިން ފެބުރުވަރީ 16 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި ކޯސް 20 ފުލުހަކު ފުރިހަމަކޮށްފައިވެއެވެ.


