logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި

ޒިދާން މުޙައްމަދު
20 ފެބްރުއަރީ 2026 - 05:47
ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި

ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަަށައިފިއެވެ.

މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެބުރުވަރީ 15 އިން މާރިޗު 14 އަށް މި ކޯސް ކުރިއަށް ގެންދަނީ ތިނަދޫ ސިޓީގައެވެ. މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދޭނެއެވެ.

މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ބައިވެރިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފިޚަބަރު | 2 ގަޑިއިރު ކުރިންރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިޚަބަރު | 2 ގަޑިއިރު ކުރިން