logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭން ޒުވާނަކު ގެއްލިގެން ހޯދަނީ

އައިޝަތު ނަޝާ
20 ފެބްރުއަރީ 2026 - 16:01
މާލޭން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅޭ ދިވެހި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

 ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިބްރާހީމް އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފަިވެއެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވީމާ، އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭން ޒުވާނަކު ގެއްލިގެން ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިން ހޯމަ ދުވަހުން ފެށިގެން, ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަނީޚަބަރު | 8 ގަޑިއިރު ކުރިންސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފިޚަބަރު | 12 ގަޑިއިރު ކުރިންފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފިޚަބަރު | 12 ގަޑިއިރު ކުރިން