logo
Bank of Maldives

Bank of Maldives

ޚަބަރު

11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޭޕްރީލު 2026 - 09:14
ޖިންސީ ކުށް ސާބިތުވި މީހާ، ފޮޓޯ: ޕޮލިސް
ޖިންސީ ކުށް ސާބިތުވި މީހާ، ފޮޓޯ: ޕޮލިސް

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވި މީހަކު، 16 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ (ގާނޫނު ނަންބަރު 12/2009) ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އެ އޮފީހުގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މުޙައްމަދު އަނިލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ 2026 އެޕްރީލް 15 ވަނަ ދުވަހުއެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު އަނިލް 16 އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެކެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، މިފަދަ އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ފަސްޖެހުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންނަލަހިޔާ ފްލެޓަކުންކުރި ބޮޑު ވައްކަމުގައި ޝާމިލުވާ އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންރާއްޖެއަށް ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައިފިޚަބަރު | 18 ގަޑިއިރު ކުރިން