logo
Bank of Maldives

Bank of Maldives

ދުނިޔެ

ވައިޓް ހައުސްއިން ފެނުނު ކޮކެއިން އެއިރުގެ ރައީސް ބައިޑަންއާ ގުޅުމެއް ނެތް؟

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 07:08
ވައިޓް ހައުސްއިން ފެނުނު ކޮކެއިން އެއިރުގެ ރައީސް ބައިޑަންއާ ގުޅުމެއް ނެތް؟

ވައިޓް ހައުސްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނުނު ހާދިސާއާ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެއްވެސް ގުޅުމެއް ނެތްކަން ތަހުގީގުތަކުން ހާމަވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާއަކީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ހިނގާފައިވާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަކެތި ފެނިފައިވަނީ ވައިޓް ހައުސްގެ ވެސްޓް ވިންގްގެ ވަންނަ ދޮރު ކައިރީގައި، ޒިޔާރަތްކުރާ މީހުން ފޯނު ފަދަ ތަކެތި ރައްކާކުރުމަށް ބޭނުންކުރާ ވަގުތީ ވަތްގަނޑެއްގެ ތެރެއިންނެވެ. ތަހުގީގުތަކުން ކަށަވަރުވެފައިވާ ގޮތުގައި ފެނިފައިވަނީ އެއް ގްރާމަށްވުރެ މަދު މިންވަރެއްގެ ކޮކެއިން ހުރި ކުޑަ ޕްލާސްޓިކް ކޮޅެކެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސަރވިސްއިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު، އެ ސަރަހައްދުގެ ފޮޓޯތައް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އާންމުކޮށްފައެވެ. ނަމަވެސް، އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު އައިސްގޮސްވާ ތަނަކަށް ވެފައި، އެކަށީގެންވާ ފިންގަރޕްރިންޓް ނުވަތަ ޑީއެންއޭ ފަދަ ސައިންޓިފިކް ހެކި ލިބިފައި ނުވާތީ، އެއްވެސް މީހަކަށް ތުހުމަތުނުކުރެވި ތަހުގީގު ވަނީ ނިންމާލާފައެވެ.

މި ހާދިސާ ހިނގި ވަގުތާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ވަގުތު ރައީސް ބައިޑަން އާއި އެމަނިކުފާނުގެ އާއިލާ ވައިޓް ހައުސްއަކު ނެތެވެ. އެ ބޭފުޅުން ތިއްބެވީ ރައީސްގެ ރަސްމީ ދަތުރުފުޅެއްގައި ކޭމްޕް ޑޭވިޑްގައެވެ.

ފަހަކަށް އައިސް، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިކަމާ ގުޅޭ އާ ފޮޓޯތަކެއް އާންމުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެއީ 2023 ވަނަ އަހަރުގެ ބައު ފޮޓޯތަކެއް ބޭނުންކޮށްގެން ސިޔާސީ ބޭނުމަކަށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކެކެވެ.

މީގެ އިތުރުން، ރައީސް ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަންއާ މިކަމާ ގުޅުވައިގެން ބައެއް ފަރާތްތަކުން ކުރި ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. މި ހާދިސާއަކީ މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، ހެކި ނެތުމުގެ ސަބަބުން ނިމިފައިވާ މައްސަލައެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައިލޯ ޖޯލީ: މަންމަ އެންޖެލީނާގެ ޒުވާން ދުވަސްވަރާ އިންތިހާއަށް ވައްތަރުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިންއިންޓަނެޓްގައި މަޝްހޫރުވި "ކުންބު މޭލާ ގާލް" އާއިލާގެ ދެކޮޅުވެރިކަމާއެކު ފުލުހުންގެ ހިމާޔަތުގައި ކުރި ކައިވެނިޚަބަރު | 24 ދުވަސް ކުރިންމެސީ ހަދިޔާކުރީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުތަ؟ ނޫނީ ޓްރަމްޕަށް ބޯޅައެއްތަ؟ދުނިޔެ | މަހެއް ކުރިންމަސްތުގެ ހާލުގައި ކާރު ދުއްވުމުން ބްރިޓްނީ ސްޕެއާސް ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން