logo
Bank of Maldives

Bank of Maldives

ޚަބަރު

ޝައިލޯ ޖޯލީ: މަންމަ އެންޖެލީނާގެ ޒުވާން ދުވަސްވަރާ އިންތިހާއަށް ވައްތަރުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޭޕްރީލު 2026 - 06:34
ޝައިލޯ ޖޯލީ: މަންމަ އެންޖެލީނާގެ ޒުވާން ދުވަސްވަރާ އިންތިހާއަށް ވައްތަރުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފި

ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރި އެންޖެލީނާ ޖޯލީގެ އުމުރުން 19 އަހަރުގައި ހުރި ސިފަތަކާ، އޭނާގެ ދަރިފުޅު ޝައިލޯ ޖޯލީގެ ސިފަ އިންތިހާއަށް އެއްގޮތްވުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ.

ދެކުނު ކޮރެއާގެ ފަންނާނު ދަޔަންގްގެ އާ ލަވަ "What’s a Girl to Do" ގެ ޓީޒާ މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު އާންމުކުރުމާއެކު، އޭގެއިން ފެނުނު ޝައިލޯގެ މޫނަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޓީޒާ ފެށިގެން 15 ސިކުންތުގެ ތެރޭގައި ކެމެރާގެ ލޯ އަމާޒުވަނީ، އެންޖެލީނާ ޖޯލީ (50އ) އާއި ބްރެޑް ޕިޓް (62އ) އަށް ލިބިފައިވާ ހަ ދަރިންގެ ތެރެއިން ޝައިލޯ ޖޯލީ (19އ) އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވީޑިއޯގައި ޝައިލޯ ފެންނަނީ މުށިކުލައިގެ ލޭސް ޓޮޕެއްގައެވެ. އޭނާގެ އިސްތިގަނޑު ދެ ފަރާތުން ގަތާލާފައިވާއިރު، ކަންފަތުގައި ރަންކުލައިގެ ބޮޑު މުދި ލާފައިވެއެވެ. އަދި އޭނާގެ ތުންފަތުގައި މެޓަލް ރިންގެއް ލާފައި ހުރިއިރު، ލޮލުގެ މޭކަޕް ކޮށްފައިވަނީ އޭނާގެ މަންމަ އެންޖެލީނާގެ މޭކަޕުން އާންމުކޮށް ފެންނަ "ކެޓް-އައި" ސްޓައިލަށެވެ.

ޝައިލޯގެ ލޮލުގެ ކުލަޔާއި، ތުންފަތާއި، ނޭފަތުގެ ބައްޓަން އޭނާގެ މަންމަޔާ ވަރަށް ވައްތަރެވެ. މީގެ ކުރިންވެސް މި ވައްތަރުކަމާ ބެހޭގޮތުން ވާހަކަ ދެކެވުނު ނަމަވެސް، މި ވީޑިއޯއިން އެކަން ވަނީ ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ރެޑިޓްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ، އޭނާގެ މަންމަގެ ޒުވާން ދުވަސްވަރާ ޝައިލޯ ހަމަ އެއްގޮތް ކަމަށެވެ. މި ކޮމެންޓަށް އެތައް ހާސް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

Screenshot 2026-04-11 014536.png

އެންޖެލީނާ ޖޯލީ އާއި ، އޭނާގެ ދަރިފުޅު ޝައިލޯ ޖޯލީ

 

މި ވީޑިއޯގައި ޝައިލޯ ހަމައެކަނި ފެންނަނީ މޮޑެލްއެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ މިހާރު ފަންނީ ނެށުންތެރިއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ތަރިއެކެވެ. ބައެއް ފަހަރު "ޝީ ޖޯލީ" ގެ ނަމުގައި މަސައްކަތްކުރާ ޝައިލޯ ވަނީ، 2024 ވަނަ އަހަރު އޭނާގެ 18 ވަނަ އުފަންދުވަހު، އޭނާގެ ނަމުގެ ފަހަތަށް ބޭނުންކުރާ ބައްޕަގެ ނަން "ޕިޓް" އުނިކުރުމަށް ކޯޓަށްވެސް ހުށަހަޅާފައެވެ.

ދަޔަންގްގެ މިއުޒިކް ވީޑިއޯ އުފެއްދި "ސްޓާޝިޕް އެންޓަޓައިންމަންޓް" އިން ހާމަކުރި ގޮތުގައި، ޝައިލޯއަށް މި ފުރުސަތު ލިބުނީ އޭނާގެ މައިންބަފައިންގެ މަޝްހޫރުކަމުގެ ސަބަބުންނެއް ނޫނެވެ. އޭނާ ހޮވުނީ އެމެރިކާގައި ބޭއްވި އޯޕަން އޮޑިޝަނެއްގެ ތެރެއިންނެވެ. އަދި ޝޫޓިން ނިމުނުއިރުވެސް އޭނާއަކީ މަޝްހޫރު ދެ ތަރިންގެ ދަރިއެއްކަން އެމީހުންނަށް ނޭނގޭ ކަމަށް އެ ފަރާތުން ބުންޏެވެ.

Screenshot 2026-04-11 015219.png

އެންޖެލީނާ ޖޯލީ އާއި ، އޭނާގެ ދަރިފުޅު ޝައިލޯ ޖޯލީ

 

ޝައިލޯގެ ބައްޕަ ބްރެޑް ޕިޓް 2022 ވަނަ އަހަރު ބުނެފައިވަނީ، ދަރިފުޅުގެ ނެށުމުގެ ހުނަރު ފެނުމުން އޭނާގެ ލޮލުން ކަރުނަ އަންނަ ކަމަށެވެ. އަދި އެފަދަ ހުނަރެއް އޭނާއަށް ލިބުނީ ކިހިނެއްކަން ނޭނގޭ ކަމަށާއި، އަމިއްލަ ނަފްސަކީ ނެށުމުގެ އެއްވެސް ހުނަރެއް ހުރި މީހެއް ނޫން ކަމަށް އޭނާ ސަމާސާ ރާގަކަށް ބުނެފައިވެއެވެ.

ހޯމަ ދުވަހު އާންމުކުރި ދެވަނަ ޓީޒާގައިވެސް ޝައިލޯގެ ނެށުމުގެ ބައެއް މަންޒަރުތައް ހިމަނާފައިވާއިރު، އޭނާގެ މި އާ މަސައްކަތަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. އެންޖެލީނާ އާއި ބްރެޑް ޕިޓް ބައްދަލުވީ 2004 ވަނަ އަހަރު "Mr. and Mrs. Smith" ގެ ސެޓުންނެވެ. ނަމަވެސް، 2016 ވަނަ އަހަރު އެ ދެމީހުން ވަނީ ވަރިވާން ހުށަހަޅާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައިލޯ ޖޯލީ: މަންމަ އެންޖެލީނާގެ ޒުވާން ދުވަސްވަރާ އިންތިހާއަށް ވައްތަރުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިންއިންޓަނެޓްގައި މަޝްހޫރުވި "ކުންބު މޭލާ ގާލް" އާއިލާގެ ދެކޮޅުވެރިކަމާއެކު ފުލުހުންގެ ހިމާޔަތުގައި ކުރި ކައިވެނިޚަބަރު | 24 ދުވަސް ކުރިންމެސީ ހަދިޔާކުރީ އިޒްރޭލަށް 1.5 މިލިއަން ޑޮލަރުތަ؟ ނޫނީ ޓްރަމްޕަށް ބޯޅައެއްތަ؟ދުނިޔެ | މަހެއް ކުރިންމަސްތުގެ ހާލުގައި ކާރު ދުއްވުމުން ބްރިޓްނީ ސްޕެއާސް ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން