logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް މާދަމާ ނަގަނީ

އައިޝަތު ނަޝާ
22 ފެބްރުއަރީ 2026 - 07:37
ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް މާދަމާ ނަގަނީ

މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް މާދަމާ ނެގުމަށް ނިންމައިފިއެވެ.

ފުލުހުން މިދިޔަ ހަފްތާގައި ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް އަދި އޭ ޒޯން ފިޔަވަހި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް މާލޭގެ މަގުތަކުން ނެގުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އެފަދަ އުޅަނދުތައް ނެގުމަށް ފުލުހުން ދީފައިވާ މުހުލަތަކީ މިރޭ 11:30 ގެ ނިޔަލަށެވެ.އަދި އެ މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތައް، މާދަމާއިން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނަގަން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މަސައްކަތަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.އެގޮތަށް މާލޭގެ އެކި ސަރަހައްދުތަކުން ނަގާ އުޅަނދުތައް، ފުލުހުން ކަނޑައަޅާ ވަކި ތަނަކަށް ޓޯވ ކޮށްގެން ގެންދާނެއެވެ.

އަދި އުޅަނދުތައް ޓޯވ ކުރުމުގެ ތެރޭގައާއި، އަދި ޓޯވ ކުރުމަށްފަހު ބަހައްޓާފައި ހުންނަ މުއްދަތުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީގައި ގެއްލިގެން ހޯދި މީހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | ގަޑިއިރެއް ކުރިންޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | ދުވަހެއް ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | ދުވަހެއް ކުރިންނިމިދިޔަ މަހު ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި 407,000 ރުފިޔާގެ ޖޫރިމަނާޚަބަރު | 2 ދުވަސް ކުރިން