މިއަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދިނުމަކީ އަމާޒު: އިމިގްރޭޝަން

އިމިގްރޭޝަނުން އަދި ކުޑަހުވަދޫ ކައުންސިލްގެ އިސްވެރިން އެކުގައި ފޮޓޯ--/ އިމިގްރޭޝަން

09 އޮކްޓޯބަރު 2024 - 05:02
ދ.ކުޑަހުވަދޫގައި ޕާސްޕޯޓުގެ ޙިދުމަތްތައް އިފްތިތާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިއަހަރު ނިމުމުގެ ކުރިން ދ ކުޑަހުވަދޫގައި ޕާސްޕޯޓްގެ ޙިދުމަތް ދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަނުން މިހެން ބުނީ މިއަދު ދ.ކުޑަވަދޫ ގައި ޕާސްޕޯޓު ހެއްދުމުގެ ޙިދުމަތް އިފްތިތާހު ކުރުމާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމާއި ބެހޭ މައުލޫމާތު ދެމުންނެވެ.
މެންދުރަށް މަޢުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި އަވަސް މުއްދަތެއްގެ ތެރޭގައި މި ޙިދުމަތް ދެވޭނެ އިންތިޒާމެއް ހޯދުމަށް ކުޑަހުވަދޫ ކައުންސިލާއި އެކު މަޝްވަރާތައް ކޮށްފައިވާނެ ކަމަށާއި, ވީހާވެސް އަވަސް މުއްދަތެއްގައި މި ޚިދުމަތް އިފްތިތާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން މި ޙިދުމަތް ކުޑަހުވަދޫއިން ދިނުމަކީ އެއީ އިމިޖްރޭޝަންގެ އަމާޒު ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ކުޑަހުވަދޫ ކައުންސިލް އިދާރާގާއެވެ.
މި ބައްދަލުވުމުގައި އިމިްގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދާއި، ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަޝްފާނު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވަނީ ބައިވެރިވެލައްވާފައެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
10 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
9 މަސް ކުރިން