logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރޫނާއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ‏ފޮނުއްވައިފި‏

މުޙައްމަދު އަފްރާޙް
23 ފެބްރުއަރީ 2026 - 18:42
ބްރޫނާއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ‏ފޮނުއްވައިފި‏

ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު، ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އުޚުވަތްތެރި ރައްޔިތުންނަށް، ‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާކުރެވިފައިވާ، ޒަމާންވީ، އުޚުވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަން ބަދަހިވަމުންދާނޭކަން ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، ގާތުން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ފަދަ މަސައްކަތްތަކަކީ ދެ ޤައުމަށްވެސް ފައިދާކުރާނޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ، ބްރޫނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ދެމިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި ޚަބަރު | ގަޑިއިރެއް ކުރިންއެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިޚަބަރު | ގަޑިއިރެއް ކުރިންބްރޫނާއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ‏ފޮނުއްވައިފި‏ ޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | 9 ގަޑިއިރު ކުރިން