logo
MPL

MPL

ޚަބަރު

އެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2026 - 19:03
ދިއްދޫ ބިން ހިއްކައި ނިންމާލާފައި، ފޮޓޯ: ރައީސްގެ ޓްވީޓް
ދިއްދޫ ބިން ހިއްކައި ނިންމާލާފައި، ފޮޓޯ: ރައީސްގެ ޓްވީޓް

ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ބޮޑު ސަރަޙައްދު ހިއްކުމަށްޓަކައި ޖުމްލަ 5,492,089.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ ރެކޯޑު މުއްދަތެއްގެ ތެރޭގައެވެ. އެގޮތުން، ބިން ހިއްކުމަށް ބޭނުންކުރާ ކޮނެބޯޓު 03 ޖެނުއަރީ 2026 ގައި ސައިޓަށް ގެންގޮސް، އޭގެ އަނެއް ދުވަހު ކަމަށްވާ 04 ޖެނުއަރީ 2026 ގައި ވަނީ އަމަލީ މަސައްކަތް ފަށާފައެވެ. މުޅި މަޝްރޫޢު އެއްކޮށް ނިންމާލާފައިވަނީ 23 ފެބުރުއަރީ 2026 ގައެވެ.

 

View post on Twitter

 

މުޅި މަޝްރޫޢު ނިންމުމަށް ހޭދަވެފައިވަނީ އެންމެ 50 ދުވަހެވެ. މިއީ މިފަދަ ބިޔަ މަޝްރޫޢެއް ނިންމުމަށް ހޭދަވި ވަރަށް ކުރު މުއްދަތެއްކަން ފާހަގަކުރެވެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މި މަޝްރޫޢަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކޮށް، އެރަށުގައި އެއާޕޯޓެއް އަޅައިދީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މި ބިމާއެކު ދިއްދޫގެ ތަރައްޤީގެ އާ ބާބެއް ފެށިގެންދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 2 ގަޑިއިރު ކުރިން%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 2 ދުވަސް ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ދުވަސް ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 2 ދުވަސް ކުރިން