މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
25 ފެބްރުއަރީ 2026 - 04:12

މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ޕޭވްމަންޓް މައްޗަށް އަރައިގެންނެވެ.

Ad by Hajj Corporation
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 ފެބްރުއަރީ 24 ވީ ހޯމަ ދުވަހުގެ ރޭ ދަންވަރު 01:39 އެހާކަންހާއިރުއެވެ.
އެކްސިޑެންޓްވި ސައިކަލުގައި ތިބީ ދެ ދިވެހި ފިރިހެނުންނެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


