logoEN
ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފައި// ފޮޓޯ: އެމްޕީއެލް

މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފައި// ފޮޓޯ: އެމްޕީއެލް

އާމިނަތު ސަފާއާމިނަތު ސަފާ

09 އޮކްޓޯބަރު 2024 - 06:05

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ)ގެ ދަތުރުތައް ދިވެހިރާއްޖެއަށް ފަށައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް)އިން ބުނީ އެމް.އެސް.ސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ "MSC MANASAF" ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފައިކަމަށެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލްއިން ވަނީ އިއްޔެ ވޯޓަ ސެލިއުޓްއެއް ދީފައެވެ.

އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމް.ޕީ.އެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

undefined

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަން އިން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސީ.އީ.އޯ ވަޖީހް ފާހަގަކުރެއްވިއެވެ.

ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރ އައިމަން ޖަލީލް ވިދާޅުވީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމް.ޕީ.އެލްގެ ފަރާތުން ކަމަށެވެ. އަދި އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއްކަމަށް އައިމަން ވިދާޅުވިއެވެ.

އެމް.އެސް.ސީގެ ބޯޓުން 800 ކޮންޓޭނަރު ރާއްޖެ ގެނެސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder