logo
Bank of Maldives

Bank of Maldives

ޚަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރ

މުޙައްމަދު އަފްރާޙް
1 މާރިޗު 2026 - 12:07
މިނިސްޓަރ ތޯރިޤް
މިނިސްޓަރ ތޯރިޤް

މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް 8،800 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އޭގެތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތިން ނުވަތަ އެމަގުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކަމަށެވެ. އެހެންވީމާ ގާތްގަނޑަކަށް 30 އިންސައްތައާއި 35 އިންސައްތައާއި ދޭތެރޭ ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ފްލައިޓުތަކުންކަން ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުވުމަކީ ކުރައްވާ އުއްމީދު ކަމަށާއި މެދު އިރުމަތިން ރާއްޖެ އަންނަ މީހުން ދެން ބަލާނީ އެހެން ރޫޓަކުން އާދެވޭތޯ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދިރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އަޅައި، މިކަމުން ލިބޭނެ ގެއްލުން ކުޑަ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މި ހާލަތުގައި ދިމާވާނެ ގެއްލުންތައް ފޫބެއްދުމަށް އެހެން މާކެޓުތަކުން މީހުން ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި މިގޮތުން ޔޫރަޕް އަދި އެހެން މަންޒިލްތަކުން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އޭޝިއާ ސަރަޙައްދުންވެސް އިތުރު މަންޒިލްތައް ބަލައި، އެ ފްލައިޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވުމުން އެސަރަޙައްދުން ދަތުރުކުރާ ގިނަ އަދަދެއްގެ ފްލައިޓު ކެންސަލްވުމާއެކު، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގެ އެއަރޕޯޓުގައި ވަނީ ތާށިވެފައެވެ. އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެފަރާތްތަކަށް ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހިކޮށްދޭން އެއަރލައިންތަކާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކާއި ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | މަހެއް ކުރިންމޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާ ގަވައިދެއް ހަދަނީޚަބަރު | މަހެއް ކުރިންހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން