logo
Bank of Maldives

Bank of Maldives

ޚަބަރު

"ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" ރާއްޖެއިން ފުރިހަމަކޮށްފި

"ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" ރާއްޖެއިން ފުރިހަމަކޮށްފި

ރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓު (ބީ.ޓީ.އާރު.1) ގެ "ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" (އެފް.އެމް.ސީ.ޕީ.) މިނިސްޓްރީން ފުރިހަމަ ކޮށްފިއެވެ.

މިއީ އެފް.އެމް.ސީ.ޕީ. އަކީ ޕެރިސް އެގްރީމަންޓުގެ ދަށުން އެކުލަވާލާފައިވާ "އެންހާންސްޑް ޓްރާންސްޕޭރެންސީ ފްރޭމްވޯކް"ގެ މުހިންމު ބައެކެވެ. އެއީ، މުއާހަދާގެ ޤައުމުތަކަށް، އެޤައުމެއްގެ "ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް" (އެން.ޑީ.ސީ.) ތަންފީޒުކުރުމާއި، ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން އެޤައުމެއްގެ ބީ.ޓީ.އާރު.1 ގައި ހިމަނާފައިވާ މައުލޫމާތާ ގުޅޭގޮތުން އެޤައުމެއްގެ ތަޖުރިބާއާއި، ގޮންޖެހުންތައް ފާހަގަކޮށް، ޤައުމުތަކުގެ މެދުދައި ހާމަކަންބޮޑު ގޮތެއްގައި މައުލޫމާތު ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އެކަށައަޅާފައިވާ ޕްރޮސެސް އެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސެޝަންގައި އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ މޫސުމީ ބަދަލުތަކުގެ ދާއިރާއިން ދިވެހި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް އެންމެ ނާޒުކު އެއްގައުމުކަމުގައި ވާތީ މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ އަރައްކާތަކަށް ބަލައި، އެޑެޕްޓިވް ކެޕޭސިޓީ ބިނާކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންނެރިކަން އިތުރުކުރުމަކީ ދިވެހިރާއްޖެއަށް މުހިންމު އަދި ގައުމީ އިސްކަމެއްދޭކަމެއް ކަން ފާހަގަ ކޮށްފައެވެ.

މޫސުމީ ބަދަލުތައް ކުރިމަތިވަނީ ޖައްވަށް ބޭރުވާ ވިހަ ގޭސް އިތުރުވެ، ދުނިޔޭގެ ހޫނުމިން މަތިވަމުން ދިއުމުގެ ސަބަބުންނެވެ. މިގޮތުން ބަލާއިރު ބީ.ޓީ.އާރު. 1 ގެ އެނަލިސިސް އަށް ބަލާއިރު، ރާއްޖޭން ބޭރުވާ ވިގޭހަކީ ދުނިޔޭގެ ނިސްބަތުން 0.004 އިންސަތައެވެ. އެހެން ނަމަވެސް ޖައްވަށް ބޭރުވާ ވިހަގޭސް މަދުކުރުމަކީ ދިވެހި ރާއްޖޭންވެސް އިސްކަން ދޭކަމެކެވެ. ރާއްޖޭން ބޭރުވާ ވިހަގޭހުގެ ތެރެއިން 95 އިންސައްތައަކީ ހަކަތައިގެ ދާއިރާއިން ބޭރުވާ ވިހަގޭހެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަރަންޓުއުފެއްދުމުގައާއި ދަތުރުފަތުރު ކުރުމަށް އަންދާ ތެލުން ބޭރުވާ ވިހަގޭހެވެ.

ރާއްޖޭން ކުރެވިފައިވާ މަސައްކަތްތަކަށް އަލި އަޅުވާލަމުން، 110 މެގަވޮޓް ކެޕޭސިޓީގެ ސޯލާ ފޮޓޯވޮލްޓިކް އިންސްޓޯލް ކުރުމާއި، 2028 ވަނަ އަހަރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް އަމާޒު ކުރުމާއި، ހަކަތަ ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ހައިޑްރޯޖަން އަދި ކަނޑުގެ ހަކަތަ އުފެއްދުމުގެ ގާބިލުކަން ވަޒަންކުރަމުން އަންނަކަން ވަނީ ފާގަކޮށްފައެވެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ ޓެކްނޮލޮޖީތަކަށް އިމްޕޯޓު ޑިއުޓީ އިސްތިސްނާ ކުރުން ފަދަ ސިޔާސަތު ވަނީ ފާގަކޮށްފައެވެ.

މިކަންކަމަށް އެކަށީގެންވާ، ދެމެހެއްޓެނިވި މާލީ ވަސީލަތްތައް ލިބުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ކެޕޭސިޓީ ބިލްޑިންގ އިތުރުކުރަންޖެހޭ ކަމަށް ވެސް މި ސެޝަންގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެފް.އެމް.ސީ.ޕީ. ފުރިހަމަ ކުރުމަކީ ދިވެހި ރާއްޖޭން މޫސުމީ ބަދަލުތަކުގެ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑި އެކެވެ. އެއީ މޫސުމީ ބަދަލުތަކުގެ ދާއިރާއިން ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިތުބާރު ހިފެހެއްޓުމަށާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ދިނުމަށާއި، އެހީތެރިކަން ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" ރާއްޖެއިން ފުރިހަމަކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 3 މަސް ކުރިންނޭޝަނަލް ކާބަން ރެގިއުލޭޝަން ޤަވާއިދު އެކުލަވައިލުމާ ގުޅޭ 2 ވަނަ ބައްދަލުވުން ބާއްވައިފިޚަބަރު | 4 މަސް ކުރިންޔޫއޭއީ އާއެކު ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ޠާރިޤް މަޝްވަރާކުރައްވައިފިޚަބަރު | 5 މަސް ކުރިން