logo
MPL

MPL

ޚަބަރު

ގޮއިދޫ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރ

މުޙައްމަދު އަފްރާޙް
3 މާރިޗު 2026 - 11:04
ގޮއިދޫ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރ

ށ. ގޮއިދޫގައި ގާއިމްކޮށްފައިވާ ހާއްސަ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއެކު ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާއަތެއް ބިނާކުރުމާއި ޖަނަވާރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތް ކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މި ފެސިލިޓީއަށް ބޭނުންވާ މެޝިނަރީސް ހޯދުމަށް މިހާރުވަނީ އިއުލާންކޮށްފައި ކަމަށާއި ވަރަށް އަވަހަށް އަގުއެއްކުރި ތަކެތި އެ ފެސިލިޓީއިން އުފެއްދުމުގެ މަސައްކަތް ފަށާނެކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި މިއީ ދަނޑުވެރިކަމުން އުފައްދާތަކެއްޗަށް އަގުއެއްކޮށްގެން، އިތުރު އުފެއްދުންތައް އުފެއްދުމަށް ގާއިމްކުރާ ފެސިލިޓީއެއްކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ އުފެއްދުންތަކުގެ ސަބަބުން، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަގުވާމީ މާކެޓްތަކުގައި، ވިއްކުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެކަމަށާއި މި ފެސިލިޓީއާއެކު ގޮއިދޫގެ ދަނޑުވެރިން އުފައްދާ ތަކެއްޗައް ހަމައަގު ލިބި، އާމްދަނީ ލިބުމުގައި އިތުރު މަގުތައް ފަހިވެގެންދާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 13 ދުވަސް ކުރިންވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއްޚަބަރު | 4 މަސް ކުރިން"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖުތިމާޢީ ޒިންމާއެއް"ޚަބަރު | 5 މަސް ކުރިންދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 5 މަސް ކުރިން