logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާން ހަނދުރާމަ: އެމެރިކާ ސިފައިންނަށް ލިބިފައިވާ ގެއްލުމުގެ އަސްލު ފުންމިން ފަޅާއަރައިފި

އިސްމާޢިލް ރާތިޢު
11 މާރިޗު 2026 - 08:40
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން- ފޮޓޯ: ގެޓީ އިމޭޖަސް
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން- ފޮޓޯ: ގެޓީ އިމޭޖަސް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި، ކުރިން ބުނަމުން އައި މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް، އެމެރިކާ ސިފައިންގެ 150 ވަރަކަށް މީހުން ޒަޚަމުވެފައިވާ ކަމުގައި އެމެރިކާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ.


އެމެރިކާގެ ދިފާާޢީ އިދާރާ، ޕެންޓެގަނުން މީގެ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގައި ޒަޚަމުވެފައި ވަނީ އެމެރިކާ ސިފައިންގެ އެންމެ އަށް މީހުންނެވެ. ނަމަވެސް، ޙަޤީޤަތުގައި އެމެރިކާ ސިފައިންގެ 150 މީހުން ޒަޚަމުވެފައިވާކަން، ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރަކުން ވަނީ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ކަށަަވަރު ކޮށްދީފައެވެ. މި ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕެންޓެގަނުން ވަނީ ޒަޚަމުވެފައިވާ މީހުންގެ އަދަދު މުރާޖާކޮށް، 140 ވަރަކަށް ސިފައިން ޒަޚަމުވެފައިވާ ކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް، މީގެ ތެރެއިން ބޮޑެތި ގޮވުންތަކާ ގުޅިގެން ސިކުނޑިއަށް ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.

އީރާންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އެ ޤައުމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފާއި ޢަރަބި ޤައުމުތަކުގައި ޤާއިމުކޮށްފައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެމެރިކާގެ މަޞްލަޙަތު ހިމެނޭ ކޮންމެ ތަނަކަށް ޙަމަލާ ދެމުންނެވެ. އޭގެ ތެރޭގައި، އެމެރިކާގެ ޚާރިޖިއްޔާގެ އޮފީސްތަކާއި، އެއާޕޯޓުތަކުގެ އިތުރުން ތެލުގެ ސިނާއަތުގެ ބިނާރުތައް ވެސް ހިމެނެއެވެ. އީރާނުން ބުނީ، ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، އެ ޤައުމަށް ޙަމަލާ ދިނުމަށް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ކަމުގައެވެ.

އީރާނުން ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއާއި މަޞްލަޙަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ނަމަވެސް، އެ ޙަޤީޤަތް ބަލައިގަންނަން އެމެރިކާއިން ދަނީ އިންކާރު ކުރަމުންނެވެ. އީރާނުގެ އަސްކަރިއްޔާއަކީ ބާރުގަދަ އަސްކަރިއްޔާއެއް ކަމުގައި ޤަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވީ، އީރާނުން ވަރުގަދަ ރައްދު ޙަމަލާތަކެއް ދެމުން ދިޔަ ނަމަވެސް، އެއީ އެމެރިކާއިން ފަސްޖެހޭ ވަރުގެ ޙަމަލާތަކެއް ނޫން ކަމުގައެވެ. ނަމަވެސް، އެމެރިކާއާއި ޔަހޫދީންގެ ބާރުގަދަ އަސްކަރިއްޔާއާ ދެކޮޅަށް ތެދު އީރާނުން ހަނގުރާމަ ކުރަމުންދާކަމީ އިޙުތިރާމު ކުރާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާން ހަނދުރާމަ: އެމެރިކާ ސިފައިންނަށް ލިބިފައިވާ ގެއްލުމުގެ އަސްލު ފުންމިން ފަޅާއަރައިފިދުނިޔެ | 3 ގަޑިއިރު ކުރިންހަނގުރާމަ ކުރިއަށްދާނަމަ ސަރަހައްދުން "އެންމެ ތެޔޮ ލީޓަރެއް" ވެސް ބޭރުކުރިޔަ ނުދޭނަން: އައި.އާރު.ޖީ.ސީދުނިޔެ | ދުވަހެއް ކުރިންއީރާނާއި އެކު ހިނގާ ކުރިމަތިލުންތައް މާ ލަސްތަކެއްނުވެ ނިމިދާނެ: ޓްރަމްޕްދުނިޔެ | 2 ދުވަސް ކުރިން''އީރާނަކީ ވެނެޒުއޭލާ ކަމަށް ހީކޮށްގެންނުވާނެ ސަބަބުތައް''ދުނިޔެ | 2 ދުވަސް ކުރިން