logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުން އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މާރިޗު 2026 - 12:04
އީރާނުން އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އިސްރާއީލަށާއި ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް، މިސައިލާއި ޑްރޯން ބޭނުންކޮށްގެން އާ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު "ދަ ޓައިމްސް އޮފް އިސްރާއީލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ. ނުވަތަ އެ ތަކެތި ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ފަޅު ސަރަހައްދުތަކަށެވެ. މިއީ އީރާނުގެ ހަމަލާތަކަށް ފަހު އަބަދުވެސް އިސްރާއީލުން ބުނަމުން އަންނަ ވާހަކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، މިއީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ދިން މިފަދަ އެންމެ ބޮޑު އަދި ވަރުގަދަ ހަމަލާއެވެ.

ލީކުވެފައިވާ ބައެއް ވީޑިއޯ ކްޕިޕްތަކުން ފެންނަ ގޮތުގައި އިސްރާއީލްގެ ތެލް އަވީވްގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ، އަލިފާން ނިއްވުމުގައި ފަޔަރަމަނުން އުޅޭތަން ފެނެއެވެ. އަދި ވެހިކަލްތަކާއި އިމާރާތްތައް ވަރަށް ބޮޑަށް އަނދާފައިވާއިރު، އަނިޔާ ލިބުނު މީހުން ވެހިކަލަށް އެރުވުމަށް އުފުލާތީ ވެސް ފެނެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ހަތް މިސައިލާއި ހަތް ޑްރޯން އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ.

ކުވެއިތުގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމަށް އަމާޒުވި ހަތަރު ޑްރޯންއެއް ހުއްޓުވާފައިވާ ކަމަށާއި، އިތުރު ޑްރޯންއެއް ހުސްބިމަކަށް ވެއްޓިފައިވާ ކަމަށެވެ. މީގެ އިތުރުން، ބަހްރޭންގައި ވެސް ހަމަލާތަކުން ރައްކާތެރިވުމަށް އިންޒާރުދޭ ސައިރަންގެ އަޑު ވަނީ އިވިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުން އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިދުނިޔެ | 2 ގަޑިއިރު ކުރިންމެދު އިރުމަތީގެ ހާލަތު އިންތިހާ ނުރައްކަލަށް، ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން މައިން ވަޅުލަނީދުނިޔެ | 2 ގަޑިއިރު ކުރިންހަނގުރާމަ ކުރިއަށްދާނަމަ ސަރަހައްދުން "އެންމެ ތެޔޮ ލީޓަރެއް" ވެސް ބޭރުކުރިޔަ ނުދޭނަން: އައި.އާރު.ޖީ.ސީދުނިޔެ | ދުވަހެއް ކުރިންއީރާނާއި އެކު ހިނގާ ކުރިމަތިލުންތައް މާ ލަސްތަކެއްނުވެ ނިމިދާނެ: ޓްރަމްޕްދުނިޔެ | 2 ދުވަސް ކުރިން