logoEN
ޚަބަރު

މަންމައަށް ބިރު ދެއްކި މީހަކު 7 މަހަށް ޖަލަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

09 އޮކްޓޯބަރު 2024 - 12:50

މަސްތުވާތަކެތި ގަންނަން ލާރި ނުދިނުމުން، އިންޒާރުދީ މަންމައަށް ބިރު ދެއްކި މީހަކު 7 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި އިއްޔެ ހުކުމްކޮށްފައި ވަނީ އައްޑޫ ހިތަދޫ ދޮންދުބުރިގޭ މުހައްމަދު އާމިރު، 38، ގެ މައްޗަށެވެ.

އޭނަގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ހުށަަހެޅި ލިޔުންތަކުން އާމިރުގެ އޭނަގެ މަންމަ އާއި ދޮންބައްޕައަށް ތަކުރާރުކޮށް ގެވެށި އަނިޔާކޮށްފައިވާކަން އެނގޭ ކަމަށާއި އަދި އެކި ދުވަސްމަތިން ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުވުމުގެ ސަބަބުން މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށެވެ.

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ 15،000ރ. އިން އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އާމިރު ބަންދުގައި ހޭދަކުރި 8 ދުވަސް އުނިކޮށް އެ ދައުވާއާ ގުޅިގެން އޭބަ ތަންފީޒުކުރަން ޖެހޭ ހުކުމަކީ 5 މަހާއި 22 ދުވަސް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވެ އެވެ.

އާމިރުގެ ކުށުގެ ރެކޯޑްތަކުގެ ތެރޭގައި އޮގަސްޓް 22، 2017 ގައި ޑްރަގް ކޯޓުގެ ފަރުވާއިން ވަކިކޮށް ފުރަތަމަ ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައިވާކަން އެނގޭތީ އެއް ދަރަޖަ މަތިވި ނަމަވެސް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ދަށްވާނެ އެވެ. އެހެންކަމުން އެ ދައުވާއާ ގުޅިގެން އާމިރު ތަންފީޒުކުރަން ޖެހޭ އަދަބަކަށް އިތުރު ބަދަލެއް ނާދެ އެވެ.

ކޮމެންޓް

871x217_placeholder