logoEN
ޚަބަރު

ވީޑިއޯ ފުޓޭޖުން ފެންނަނީ ވައްކަންކުރާ މަންޒަރު ނޫން ކަމަށް ބުނެ އިންކާރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

29 ސެޕްޓެމްބަރު 2024 - 01:22

މާލޭގެ ބުރުޒު މަގުގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ ވީޑިއޯ ފުޓޭޖުން ފެންނަނީ މަޑިދަށުން އޭނާ ފައިސާ ނަގާ މަންޒަރު ނޫން ކަމަށް ބުނެ އިންކާރުކޮށްފިއެވެ.

ބުރުޒު މަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ންގްލަދޭޝަށް ނިސްބަތްވާ ޖަހަންގިރު އާލަމް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާ އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުށަހަޅައިފަ އެވެ.

މި ހެކިތަކުގެ ތެރޭގައި ހިމެނޭ ސީސީޓީވީ ވީޑިއޯ އިން އޭނާ ސައިކަލެއްގެ މަޑިދަށް ހިއްލައިގެން އެއްޗެއް ނަގާތަން ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު، އެއީ ވިޔަފާރީގެ މައްސަލާގައި އޭނާ ފްރޭމް ކުރީ ކަމަށް ބުނެ ޖަހަންގީރު ކޯޓުގައި ވާހަކަ ދައްކާފައި ވެއެވެ.

މީގެ އިތުރުން ވީޑިއޯ ފުޓޭޖުން ފެންނަނީ އޭނާ މަޑިދަށުން ފައިސާ ނަގާ މަންޒަރު ނޫން ކަމަށް ވެސް ބުނެ އިންކާރުކޮށްފައި ވެއެވެ.

ނަމަވެސް ފުލުހުންގެ ހެކިތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder