logoEN
ޚަބަރު

11 ފުޅި ސެންޓު ވަގަށް ނެގި މީހަކު 1 އަހަރަށް ޖަލަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ސެޕްޓެމްބަރު 2024 - 11:27

އެގާރަ ފުޅި ސެންޓު ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމްކޮށްފައިވަނީ ސ. ފޭދޫ, ސިލްސިލާގޭ, އަހްމަދު ނިޒާމްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މިއީ 2017 ވަނަ އަހަރުގެ އެކި ދުވަސްމަތިން އޭނާ، ހ. އެމްބްރީޒް ގޭގައި ގދ. ވާދޫ, ތާއިފް, އަހްމަދު ރުޝްދީ ދިރިއުޅެމުންދިޔަ ކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި ތިން ކަބަޑު ހުންނަ ކުޑަ ކަބަޑުސެޓެއްގެ ތެރޭގައި ހުރި 11 ފުޅި ސެންޓު ނަގާފައިވާތީ އުފުލާފައިވާ ދައުވާއެކެވެ.

ކޯޓުން މި މައްސަލާގައި ކުރި ހުކުމުގައި ބުނީ މި ދައުވާ އަށް ނިޒާމް އިންކާރު ކުރި ނަމަވެސް މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ނަޒަރުކޮށް ބެލިއިރު މި ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މި ކުށުގެ އަދަބެއްގެ ގޮތުން އޭނާ އެއް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder