logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އޮފީހުން ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު

މުޙައްމަދު އަފްރާޙް
12 މާރިޗު 2026 - 10:28
ރައީސް އޮފީހުން ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިންނަށް މައުލުމާތިު ދިނުމުގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:15 ގައި ރައީސް އޮފީހުގައި ކަމަށެވެ.އަދި މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމެޓީން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުއިއްޒު، މި ކޮމެޓީ އުފައްދަވާފައިވަނީ މާރޗު 1 ވަނަ ދުވަހުއެވެ. މި ކޮމެޓީގައި 9 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ކޮމެޓީގެ ޗެއަރޕާރސަންއަކީ ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލް ހަމަޖައްސަވާފައިވާއިރު، ދެން ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންއެވެ. އަދި ހޯމް މިނިސްޓަރ ޢަލީ އިޙްސާންއާއި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމްއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއާއި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފިޚަބަރު | 5 ދުވަސް ކުރިންޑރ. މާހިދު ޝަރީފް ރައީސް އޮފީހުގެ މަޤާމަކަށް މިނިސްޓަރ ފެންވަރުގައި އައްޔަންކޮށްފިޚަބަރު | 24 ދުވަސް ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | މަހެއް ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 2 މަސް ކުރިން