logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

ރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ޖޫން 2026 - 10:44
ރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފި

ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރުގެ މަޤާމުގައި ހުންނެވި އާދަމް ނަސީރު އިބްރާހީމް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދަމް ނަސީރު އިބްރާހީމަކީ މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކުރައްވާފައެވެ.

މަގާމުގެ މަސައްކަތް އާދަމް ނަސީރު ރައީސް އޮފީހުގައި ފައްޓަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އޭނާ އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރަށްވައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އަންނަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގެ އެކި ސަރައްހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާނަން: މުންދުޚަބަރު | 6 ގަޑިއިރު ކުރިން"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"ޚަބަރު | 18 ދުވަސް ކުރިން ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | 21 ދުވަސް ކުރިންރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިން