ކުރިޔަށް އަންނަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގެ އެކި ސަރައްހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާނަން: މުންދު
1 ނޮވެމްބަރު 2026 - 05:39

އިތުރު ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖެ އަށް ގެންނާނެ ކަމަށާއި، ކުރިޔަށް އަންނަ ރިއަލް އެސްޓޭޓް މަޝްރޫއުތައް އެކި ސަރައްހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅެއްޖެ އެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ ރާއްޖޭގައި އެއާޕޯޓް ހުންނަ ސަރަހައްދުތަކަށް ބަލައިގެން އިގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއުފަދަ އިތުރު މަޝްރުއޫތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެނައުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށެވެ. އެގޮތުން ހދ. ކުޅުދުފުށި ހިމެނޭ ސަރަހައްދަކީ ވެސް މިފަދަ މަޝްރޫއުއެއް ހިންގުމަށް ރަނގަޅު ސަރަހައްދެއް ކަމަށް މުންދު ފާހަގަ ކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
އައްޑޫ ސިޓީއާއި ލ. އަތޮޅަކީ ވެސް ރިއަލް އެސްޓޭޓް ފަތުރުވެރިކަށް ކުރިޔަށް ގެންދިއުމަށް ރަނގަޅު ސަރަހައްދުތަކެއް ކަމަށް ވެސް މުންދު ފާހަގަ ކުރެއްވެވި އެވެ. އަދި މިފަދަ މަޝްރޫއުތައް އެ ސަރަހައްދުތަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މިގޮތަށް ގެންނަ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގައި ދައުރުވާ ފައިސާ ރާއްޖޭގެ ބޭންކްތަކުގައި ދައުރު ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް ތަރުޖަމާނު ފާހަގަ ކުރެއްވެވި އެވެ.
މުންދު ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ރިއަލް އެސްޓޭޓް މަޝްރޫއަކީ ފެށުމެއް ކަމަށާއި އީގަލް ހިލްސް އިން މި މަސައްކަތްކޮށް ނިންމާލުމުން ދުނިޔޭގެ އެހެން ކުންފުނިތަކުން ވެސް މިފަދަ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާނެ ކަމަށެވެ.

-01.jpg&w=3840&q=75)
