logo
Bank of Maldives

Bank of Maldives

ޚަބަރު

ހަރަދު ކުޑަކުރުމަށް ތިން މަސްތެރޭ 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި

އަޙުމަދު ރިޝާން
6 ސެޕްޓެމްބަރު 2026 - 03:51
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ވެއަތުވި ތިން މަސްތެރޭ 205 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، 4 މަޤާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ވެސް މި ސިޔާސަތުގެ ދަށުން އިތުރު މުވައްޒަފުން ވަކި ކުރަމުންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންގެ ފަންތީގައި ތއްބެވި ބޭފުޅުންނެވެ.

މި މަސައްކަތް އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު މުވައްޒަފުން ވަކިކުރަމުން ގެންދާނެ ކަމަށާއި، މި ބަދަލުތައް ނިމިގެންދާއިރު މި ސަރުކާރުން ވަޒީފާތަކަށް ވެއްދި މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް އުނިވެގެންދާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ ކުންފުނިތައް (އެސްއޯއީ) ހިންގާގޮތް ބަދަލުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން ވެސް ވެސް ވަނީ އެކުންފުނިތަކަށް އަންގާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަރަދު ކުޑަކުރުމަށް ތިން މަސްތެރޭ 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފިޚަބަރު | 21 މިނިޓު ކުރިންދައުވަތު ނުދެނީސް "އަދަދު"ގެ ނޫސްވެރިޔަކު ދިއުމުން މުންދުގެ ޕްރެސް ކޮންފަރެންސް ކެންސަލްޚަބަރު | 15 ގަޑިއިރު ކުރިން"ކުރިން ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދަށް މި ކޮންގްރެސްގައި މެމްބަރުން ބައިވެރިވާނެ "ޚަބަރު | 11 ދުވަސް ކުރިންރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 14 ދުވަސް ކުރިން