logo
Bank of Maldives

Bank of Maldives

ޚަބަރު

ޒިދާން މުޙައްމަދު
12 މާރިޗު 2026 - 12:12
ދަތިކަމެއް ނެތް؛ ތެލުގެ އަގު ކޮންޓްރޯލްކުރާނެ: މާލީ ވަޒީރު މޫސާ ޒަމީރު

ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބޭ ފައިދާ ކުޑަކޮށްގެންވެސް، ތެލުގެ އަގު މައްޗަށް ދިޔަނުދީ ކޮންޓްރޯލްކުރާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ގުޅިގެން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ދެގުނައަށް އުފުލިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމުގެ އަސަރު ރައްޔިތުންނަށް ވިހާވެސް ކުޑަވާނެހެން ކަންކަން ހަމަޖެއްސެވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަައެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖޭގައި ތެލުގެ އަގު މައްޗަށް އަރައިގެން ދިޔަނުދީ ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް މިހާތަނަށް ކުރިމަތިނުވާކަމަށާއި، ތެޔޮ ގެންނަ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާއިރު، އިތުރަށް ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ޚަރަދު ހަމަޖެއްސުންކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުންނެވެ. މާކެޓަށް އައި ބަދަލަށްވުރެ ރާއްޖޭގައި އައީ ކުޑަ ބަދަލެއް ކަމަށާއި މިއީ ވަރަށް ނާޒުކުރު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒިރު ވިދާޅުވީ އެސްޓީއޯގައި ތެޔޮ އުފުލާ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރެވޭއިރު، މިވަގުތުވެސް 22،000 މެޓްރިކް ޓަނުގެ އިތުރު 2 ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތްކަމަށެވެ. މީގެތެރެއިން އެއް ބޯޓުކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި އަދި އަނެއް ބޯޓު ތެޔޮ ހިފައިގެން މިއަދު ފުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތިކަމެއް ނެތް؛ ތެލުގެ އަގު ކޮންޓްރޯލްކުރާނެ: މާލީ ވަޒީރު މޫސާ ޒަމީރުޚަބަރު | ގަޑިއިރެއް ކުރިން