logo
Bank of Maldives

Bank of Maldives

ޚަބަރު

އޮބްޒާވަރުންނަށްވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފި

މުޙައްމަދު އަފްރާޙް
14 މާރިޗު 2026 - 06:08
އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ
އިންތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށި ކެނޑުމަށް އީސީގެ އޮފިސަލުން ތައްޔާރުވަނީ، ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ އިންތިޚާބާއި ރައްޔިތިންގެ ހިޔާލު ހޯދާ ވޯޓުގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އެެހެންނަމަވެސް އަދިވެސް އިލެކްޝަން ކޮމިޝަނުން މިހާރުވަނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައިވާތީ އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައެވެ. އެގޮތުން އަލަށް ދިން މުއްދަތަކީ މާދަމާ ރޭ ދަންވަރު 12:00 އާ ހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމާޢަތްތަކަށް ފާސްދޫކުރުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް ފާސް ދޫކުރެވޭނީ އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތައަށްވުރެ އިތުރުނުވާ ގޮތަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.

އަންނަ މަހު ބާއްވާ އިންތިޚާބުގައި ގިނަ އަދަދެއްގެ ފޮށި ބަހައްޓާއިރު އޮބްޒާވަރަކަށް ވުމަށާއި މޮނީޓަރަކަށް ވުމަށް ގިނަ އަދަދެއް ބަޔަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް އޮބްޒާވަރުންނަށް ވުމަށް 1،400އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސީ ޕާޓީއަކަށްވުމީ އަނެކުންގެ ހައްގާއި ކަރާމަތަށް އަރައިގަންނަންލިބޭ ލައިސަންސެއްނޫންރިޕޯޓް | 7 ގަޑިއިރު ކުރިންބައި އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް، މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 11 ގަޑިއިރު ކުރިން ޤާނޫނާ ޚިލާފު ޙަރަކާތްތައް ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންއެފް އަށް ދީފިޚަބަރު | 4 ދުވަސް ކުރިންރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން