logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުކޮށްފި

ޒިދާން މުޙައްމަދު
16 މާރިޗު 2026 - 11:29
މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުކޮށްފި

މާލެ އަރޮޅު މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުކޮށް އެ ޚިދުމަތް ދޭން ފަށައިފިއެވެ.

ކ. މާފުށީ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ޕިޒިއޮތެރަޕީގެ ހިދުމަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މާފުށީ ހޮސްޕިޓަލުން ބުނީ އެތަނުގައި ހިދުމަތްތައް ފެށުމުން ރަށުގައި ތިބެގެން ފަސޭހައިން ފިޒިއޮތެރަޕީ ހެދޭނެ ކަމަށެވެ. އަދި އެކަމުގައި މާފުށީ އަންހެނުންގެ ކޮމެޓީ އާއި ރަށު ކައުންސިލް އަދި ހެލްތު މިނިސްޓްރީއަށް ވަނީ ޝުކުރު އަދާކޮށްފައެވެ. 

ރާއްޖޭގެ ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް މިހާރު ލިބެއެވެ. ނަމަވެސް، ފިޒިއޮތެރަޕީގެ ހިދުމަތް ލިބެނީ މަދު ރަށްރަށެއްގައެވެ.

ގިނަ ބަޔަކު ހިދުމަތް ހޯދާ މާފުށީ ހެލްތު ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރީ 2023 ވަނަ އަހަރުއެވެ.

ހޮސްޕިތލަކަށް ބަދަލުވުމުގެ ކުރިން މާފުށީ ސިއްޙީ ޚިދުމަތް ލެވެލް 4 ގައި ނުވަތަ ސިއްޙީ މަރުކަޒެއްގެ އޮތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމުގެ މައިގަނޑު ސަބަބު ގުޅިފައިވަނީ އެރަށުގެ އިޤްތިޞާދީ މައި ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއެވެ.

ގިނަ ޢަދަދެއްގެ ފަތުރުވެރިން އެރަށަށް ކޮންމެ ދުވަހަކު އަރާފައިބާއިރުވެސް އެމަރޖެންސީ ޙާލަތެއްގައި މާލެ ގެނައުން ނޫންގޮތެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
މާފުށީ ހޮސްޕިޓަލުގައި މިހާރުވެސް 6 ޑޮކްޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޢާއްމު ބަލިތަކުގެ 2 ޑޮކްޓަރުންނާއި، އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރަކާއި، ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ޑެންޓިސްޓަކު ޚިދުމަތްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން