logo
Bank of Maldives

Bank of Maldives

ދުނިޔެ

އޮސްކާ އެވޯޑް ހަފުލާގައި ސްޕެއިންގެ މަޝްހޫރު ފަންނާނު ހަވިއޭ ބާޑެމް ފަލަސްތީނުގެ މިނިވަންކަމަށާއި ސުލްހައަށް ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 11:29
 ސްޕެއިންގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމް
ސްޕެއިންގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމް

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ބޭއްވި އޮސްކާ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، އެވޯޑެއް ހަވާލުކުރަމުން ސްޕެއިންގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމް ވަނީ ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށާއި ފަލަސްތީނަށް މިނިވަންކަން ދިނުމަށް ގޮވާލާފައެވެ.

އެންމެ މޮޅު ބައިނަލްއަގުވާމީ ފިލްމަށް ދޭ އޮސްކާ އެވޯޑް އިއުލާނު ކުރަން ޕޯޑިއަމް ކައިރިއަށް ހުއްޓި، ބާޑެމް އޭނާގެ ވާހަކަ ފެށީ "ހަނގުރާމައަށް ނޫނެކޭ" ބުނަމުންނާއި "ފަލަސްތީނު މިނިވަންކުރޭ" މިފަދައިން ގޮވާލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ބާޑެމް ބައިވެރިވީ އިސްޕެއިން ބަހުން "ހަނގުރާމައަށް ނޫނެކޭ" (No a la guerra) ލިޔެފައިވާ ބެޖެއްގެ އިތުރުން، ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްދޭ ބެޖެއް އޭނާގެ ހެދުމުގައި ޖަހައިގެންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ. އަދި ޣައްޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޓޯއާއި ގަލްފު ގައުމުތަކުން ހަނގުރާމާގައި ބައިވެރިވެދިނުމަށް އެދި ޓްރަމްޕް އާދޭސްކުރަނީދުނިޔެ | ގަޑިއިރެއް ކުރިންއޮސްކާ އެވޯޑް ހަފުލާގައި ސްޕެއިންގެ މަޝްހޫރު ފަންނާނު ހަވިއޭ ބާޑެމް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައިފިދުނިޔެ | ގަޑިއިރެއް ކުރިންތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އުފުލިއްޖެނަމަ ދުނިޔޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެކަމުގެ އިންޒާރުޚަބަރު | 2 ދުވަސް ކުރިންއެމެރިކާ އެބުނަނީ ޕްލޭސްޓޭޝަނެއްގައި ކުޅެގެން ހޯދި ކާމިޔާބީއަކަށް ވެދާނެ: އީރާނުގެ ޕާލަމެންޓް ސްޕީކަރދުނިޔެ | 6 ދުވަސް ކުރިން