logo
MPL

MPL

ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކާ ޔޫއޭއީ ގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

މުޙައްމަދު އަފްރާޙް
17 މާރިޗު 2026 - 06:27
ސަލާމަތީ ސަބަބުތަކަށްޓަކާ  ޔޫއޭއީ ގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

ސަލާމަތީ ސަބަބުތަކަށްޓަކާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.

ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި އެގައުމުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިއީ އީރާނުގެ ހަމަލާތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔޫއޭއީ ގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން އެއްކޮށް ބަންދުކޮށްފައިމިވަނީ އުދުހުންތަކާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެއެވެ.

މިފިޔަވަޅު އަޅާފައިވާއިރު، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި އީރާނުން ވެސް ދަނީ ހަމަލާތަކަށް ރައްދު ދެމުންނެވެ. އެގޮތުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 11 ދުވަސް ކުރިންފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަތީ ފަންތީގެ ވެބިނާއެއް ބާއްވައިފިޚަބަރު | 4 މަސް ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 7 މަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 7 މަސް ކުރިން