logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގަލަތަސަރާއި ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް، ދެން ބައްދަލުކުރާނީ ޕީއެސްޖީއާ

އަބްދުﷲ ޣާނިމް
19 މާރިޗު 2026 - 04:45
ގަލަތަސަރާއި ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް، ދެން ބައްދަލުކުރާނީ ޕީއެސްޖީއާ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ތުރުކީގެ ގަލަތަސަރާއި 4-0 އިން ބަލިކޮށް، އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ލިވަޕޫލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އެންފީލްޑްގައި ކުޅުނު މި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، ދެން އެޓީމު ބައްދަލުކުރަން ޖެހޭނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެވެ.

ފުރަތަމަ ލެގުން އެއް ލަނޑުގެ ތަފާތުން ބަލިވެފައި އޮތް ނަމަވެސް، އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާ ނެގި ކޯނަރަކުން ޑޮމިނިކް ސޮބޮސްލާއި ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއް މުހައްމަދު ސަލާހު ފޮނުވާލި ނަމަވެސް، ގަލަތަސަރާއިގެ ކީޕަރު އުގުރްކާން ޗަކީރު ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 11 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން އަތުލާފައެވެ. 51 ވަނަ މިނެޓުގައި ސަލާހު ހުރަސްކޮށްދިން ބޯޅައަކުން ހޫގޯ އެކިޓިކޭ ލަނޑެއް ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ރަޔާން ގްރެވެންބާކް ވަނީ ވޮލީއަކުން ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލްގެ ފަހު ލަނޑު ޖަހައިދިނީ ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ސަލާހެވެ.

މި މެޗުގައި ލިވަޕޫލުން ޖުމްލަ 32 ހަމަލާ އުފެއްދިއިރު، މީގެ ތެރެއިން 16 ހަމަލާއެއް ވަނީ ގޯލާ އަމާޒުވެފައެވެ. މެޗުގެ ފަހުކޮޅު މެކް އެލިސްޓާ ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތުމަށް ނިންމީ ވާޖިލް ފެން ޑައިކް ކީޕަރަށް ފައުލް ކުރުމާ ގުޅިގެންނެވެ.

މި މެޗުގައި ސަލާހު ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ އެފްރިކާ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން މިއީ އެންފީލްޑްގައި ލިވަޕޫލަށް ކުޅުނު 211 މެޗުން އޭނާ ހިއްސާވި 201 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ ފަހުކޮޅު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ފުރަތަމަ ލެގުން ބަލިވެފައި އޮއްވައި ލިވަޕޫލުން ނަތީޖާ އަނބުރާލި ތިންވަނަ ފަހަރެވެ. މީގެ ކުރިން މިފަދަ ކާމިޔާބީއެއް އެޓީމުން ހޯދާފައިވަނީ 2007 ވަނަ އަހަރު ޗެލްސީއާ ދެކޮޅަށް އަދި 2019 ވަނަ އަހަރު ބާސެލޯނާއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަލަތަސަރާއި ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް، ދެން ބައްދަލުކުރާނީ ޕީއެސްޖީއާކުޅިވަރު | 2 ގަޑިއިރު ކުރިންރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 3 ދުވަސް ކުރިންގަލަޓަސަރާއީ އަތުން ބަލިވެ ލިވަޕޫލްގެ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުބޮޑުވެއްޖެކުޅިވަރު | 8 ދުވަސް ކުރިންރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 15 ދުވަސް ކުރިން