logo
Bank of Maldives

Bank of Maldives

ޚަބަރު

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެމީހަކު ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މާރިޗު 2026 - 01:08
ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެމީހަކު ހޯދަނީ

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ފަސް މީހުން ދަތުރުކުރަމުން ދިޔައެވެ.

މީގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން ފެނިފައި ނުވާތީ، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ދަމުން 01:15 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި ސަލާމަތްވި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފިޚަބަރު | 13 ގަޑިއިރު ކުރިންފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު އަތުލައިގަނެފިޚަބަރު | 9 ދުވަސް ކުރިން