logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މާރިޗު 2026 - 03:42
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ހިއްކި ސަރަހައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 21 ވަނަ ދުވަހުގެ ހަވީރު 16:50 އެހައިކަންހާއިރުއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

 "މި ހާދިސާގައި ކާރު ދުއްވަން އިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ،" ފުލުހުން ބުނެފަވެއެވެ.

އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 16 މިނިޓު ކުރިންރައީސް މުޢިއްޒު، ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވައިފިޚަބަރު | 15 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިޚަބަރު | ދުވަހެއް ކުރިންބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިން