ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ޒިދާން މުޙައްމަދު
22 މާރިޗު 2026 - 11:48

ދިވެހިރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސުން އަތުލައިގަތީ ކެނަބިސް ފަތާއި ހަޝިޝް އޮއިލްއެވެ.
އެ ގޮތުން ކަސްޓަމްސުން އަތުލައިގަތް 5،370 ގްރާމް ކެނަބިސް ފަތުގެ މަގުމަތީ އަގު 4،296،000 މިލިއަން ރުފިޔާއަށް އަރައެވެ. އަދި 6،590 ގްރާމް ހަޝިޝް އޮއިލްގެ މަގުމަތީ އަގު 5،272،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސުން ވަނީ ބުނެފައެވެ.

Ad by Hajj Corporation


