logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރަމާއި ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މާރިޗު 2026 - 17:17
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ސޮއިކުރަށްވަނީ، ފޮޓޯ: އޭބީއެސް އެންޑް ސީބީއެން
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ސޮއިކުރަށްވަނީ، ފޮޓޯ: އޭބީއެސް އެންޑް ސީބީއެން

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅިގެން، ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރައްވައިފިއެވެ.

އަންގާރަ ދުވަހު މި ހާލަތު އިޢުލާނުކުރެއްވީ ގައުމުގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެދާނެ ކަމަށް ބެލެވޭ "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލަކަށް" އިޖާބަދިނުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާއާ ހިއްސާކުރި ރިޔާސީ އަމުރެއްގައި ރައީސް މާކޯސް ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކުގައި ނުތަނަވަސްކަން އުފެދި، ސަޕްލައި ޗެއިންއަށް ބޮޑެތި ބުރޫތަކެއް އަރަމުންދާ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ތެލުގެ އަގުތައް އިންތިހާއަށް އުފުލެމުންދިއުމަކީ ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރެއްވުމާއެކު، ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އަދި އެހެނިހެން ޒަރޫރީ މުދާ ތަރުތީބުން ފޯރުކޮށްދިނުމާއި، ބެހުމާއި އަދި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށްޓަކައި ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

 "ގައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އަންނަ ބަދަލުތަކާއި ގައުމުގެ އިގްތިސާދަށް ކުރިމަތިވާ ނުރައްކާތަކަށް ހައްލު ހޯދުމަށްޓަކައި، މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވިލަރެސްކުރެވިފައިވާ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ،" މާކޯސް ވިދާޅުވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމިއޮންނާނެ މި އިޢުލާނުގެ ދަށުން، ބޭނުންވާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވަގުތުން ހޯދުމުގެ ބާރު ސަރުކާރަށް ލިބެއެވެ. އަދި އެކަށީގެންވާ މިންވަރަށް ސަޕްލައި ކަށަވަރުކުރުމަށްޓަކައި، ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓްރެކްޓް އަގުގެ އެއްބައި ކުރިއާލައި ދެއްކުމުގެ އިޚްތިޔާރުވެސް މިހާރު ވަނީ ސަރުކާރަށް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރަމާއި ގުޅިގެން ފިލިޕީންސްގައި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންއިސްރާއީލަށް ހަމަލާ ދިނުމަށް އީރާނުން އާ ވައްތަރެއްގެ މިސައިލެއް ބޭނުންކޮށްފިދުނިޔެ | 3 ގަޑިއިރު ކުރިންއީރާނު ހަނގުރާމައަކީ ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ޖަރުމަނުގެ ރައީސްގެ މަލާމަތް ޓްރަމްޕަށް ދުނިޔެ | 7 ގަޑިއިރު ކުރިންކަޝްމީރުގެ ޝިއައީ މުސްލިމުން އީރާނަށް އެހީތެރިވުމަށް ޚާއްޞަ އެހީގެ ފަންޑެއް ހުޅުވައިފިދުނިޔެ | 11 ގަޑިއިރު ކުރިން