logoEN
ޚަބަރު

ސަރުކާރަށް އަހަރެއް ވާއިރު، ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް

ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޕީއެންސީ

ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޕީއެންސީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

26 އޯގަސްޓު 2024 - 16:56

މި ސަރުކާރަށް އެއް އަހަރުވާއިރު، ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި 75،000 މެންބަރުން ހަމަވުމަކީ ކުރައްވާ އުންމީދެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީ ހައުސްގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ވެސް ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޢިއްޒުވަނީ، މިރޭ ޕީއެންސީގެ ޖަލްސާގެ ތެރެއިން އެ ޕާޓީއަށް ސޮއިކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، އެ ޕާޓިީގެ އެކި މެންބަރުން ކުރައްވާ މަސައްކަތުން، ޕާޓީއަށް މެންބަރުން އިތުރުވުމަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިޔުމަށް އެދި ރައީސް ހިތްވަރު ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕީއެންސީން ޕާޓީއަށް އާންމުން ވެއްދުމުގައި ފޭކު ފޯމެއް ބޭނުމެއް ނުކުރާނެ ކަމަށާއި، މިރޭ ވެސް ހުށަހެޅުނީ ހަގީގީ ފޯމުތައް ކަމަށެވެ.

"އަޅުގަނޑު ހަމަ ސަތޭކަ ޕަސެންޓް ޔަގީން، މިހާރު މި އޮންނަ ގަވާއިދުގެ ތެރެއިން ވެސް އަދި އެހެން ނޫނަސް އަޅުގަނޑުމެންގެ ފަރާތުން ނާންނާނެ ފޭކު ފޯމެއް. މި ހަގީގީ ފޯމުތައް މިރޭ މިއައީ. ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެންގެ ފަރާތުން ހުށަހަޅާނީ ހަގީގީ ފޯމުތައް. އިތުރުވެގެންދާނީ މެންބަރުން،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މި އަހަރު ސަރުކާރަށް އެއް އަހަރު ވާއިރު، ޕީއެންސީގައި 75،000 މެންބަރުން ހަމަވުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް ކަމަށެވެ. އަދި އެކަން ޙާސިލްވުމަކީ އެމަނިކުފާނު ވަރަށް ދެކެން ބޭނުންވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު އުންމީދު ކުރަނީ ި އަހަރުގެ އަޅުގަނޑުމެންގެ މި ސަރުކާރުގެ ރައްޔިތުންގެ، މި ދިވެހީންގެ ރާއްޖޭގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކުރިއަށް މި ކޮންގްރެސް ޕާޓީގައި 75،000 މެންބަރުން ތި ކުރައްވާ މަސައްކަތުން ހަމަވާނެ ކަމަށް. އަޅުގަނޑު ވަރަށް އެކަން ދެކޭ ހިތްވޭ - ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، ޕީއެންސީ އަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ހެދުމަށްޓަކައި، ޕީޕީއެމް އުވާލައި އެ ޕާޓީގައި ތިބި މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި ވަގުތު ޕީއެންސީއަކީ ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއެވެ. އެގޮތުން:

  1. އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައި، އެއީ 50،980 މެންބަރުން
  2. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕީޕީއެމްގައި، އެ ޕާޓީގައި 34،827 މެންބަރުން އެބަ ތިބި

ރައީސްގެ މި އަމާޒު ހާސިލްކުރެވިއްޖެނަމަ، ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަށް ޕީއެންސީވާނެއެވެ.

ކޮމެންޓް

871x217_placeholder