logo
Bank of Maldives

Bank of Maldives

ޚަބަރު

އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ، ދޫނި މާލަން ރަސްމީކޮށް ހުޅުވައިފި

އިސްމާޢިލް ރާތިޢު
27 މާރިޗު 2026 - 17:08
އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ،" ދޫނި މާލަން" ރަސްމީކޮށް ހުޅުވައިފި

ޕީއެންސީގެ ފަރާތުން މާޅެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު، އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް، ދޫނި މާލަން، ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން، ޕީއެންސީގެ މޭޔަރ ކެންޑިޑޭޓު، މޫސާ ޢަލީ ޖަލީލު އަދި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލް އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލައިކާ ވަނީ، އެކަމަނާގެ ކެމްޕެއިންގެ މައިގަނޑު ޝިޢާރު ކަމަށްވާ "ބަދަހި ޢާއިލާ" ގެ ދަށުން އެކަމަނާ ގެންގުޅުއްވާ ބައެއް ތަޞައްވުރުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ގައުމެއް ތަރައްގީވުމަށްޓަކައި، އެގައުމެއްގެ ކޮމިއުނިޓީތައްވެސް ތަރައްގީވާން ޖެހޭކަން އަލައިކާ ފާހަގަކުރެއްވިއެވެ. އަދި، އެ ކޮމިއުނިޓީތައް ތަރައްގީވުމަށްޓަކައި، ކޮމިއުނިޓީތަކުގައި ދިރިއުޅޭ އާއިލާތައް ތަރައްގީވާން ޖެހޭކަމަށާއި މިކަން ހާސިލުވާނީ އެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންކަމަށް އަލައިކާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުވެސް ކުރިއަށްދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 16 ދުވަސް ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | 21 ދުވަސް ކުރިންޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިޚަބަރު | 25 ދުވަސް ކުރިން''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | މަހެއް ކުރިން