ޕާޓީއަށް މީހުން އިތުރުވުމުގެ ސަބަބަކީ ރައީސްގެ ސިޔާސަތުތައް ރައްޔިތުންނަށް ކަމުދިޔުން: މަޖިލިސް ރައީސް
21 ނޮވެމްބަރު 2026 - 06:41

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރުވުމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމަށް ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުން ޤަބޫލުކުރާ ކަމަށާއި،އަދި ރައްޔިތުން އެމަނިކުފާނާ އެކު ކުރިއަށޤދާން ބޭނުންވާ ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މެންދުރު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާޑރ.މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ޤައުމަށް ފައިދާވާނެ ގޮތަކަށްކަން ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އެކަން ޕާޓީގެ މެމްބަރޝިޕްއަށް އަންނަ ބަދަލުތަކުން ވެސް އެނގިގެންދާކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ޕީއެންސީގެ މެމްބަރުންގެ އަދަދު އުޅެނީ 3000 އާ ގާތްކުރާ އަދަދަކަށް ކަމަށާއި، 3 އަހަރު ފުރިގެން ދިޔައިރު މި އަދަދު އެއް ލައްކައަށް އަރައިގެން ދިޔުމަކީ ހަޤީގަތުގައި ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ކުރީގައިވެސް މިފިކުރުގެ ޕީޕީއެމް ވެރިކަމެއްގައި ވެސް އުޅުނިން. މެމްބަރޝިޕް އަކަށް މިކަހަލަ ބަދަލެއް ނާދެ. މީގެ މައިގަނޑު ދެ ކަމެއް އެބައުޅޭ. އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމުގަ ގެންގުޅޭ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގަތުން. އަނެއް ކަމަކީ ޕާޓީ ޕާޓިއެއްގެ ގޮތުގައި ހިންގެވުމަށް އެމަނިކުފާނު ދެއްވާ އިސްކަން. މި ދެ ކަންތަކާ އެކީގައި ޕީއެންސީގެ މެމްބަރޝިޕް މިހާ ބާރަށް އިތުރުވެގެން މި ދިޔައީ" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ޕީއެންސީ އަކީ ދިވެހި ސިޔާސީ ތާރީޚުގައި އަދި މުޅި ރާއްޖޭގެ ތާރީޚުގައި ވެސް އެއް ލައްކަ (100،000) މެންބަރުން ހަމަކުރި ފުރަތަމަ އަދި ހަމައެކަނި ސިޔާސީ ޕާޓީއެވެ. މި ކާމިޔާބީއާއެކު ޕީއެންސީ ވެފައިވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ މެންބަރުން ގިނަ، އެންމެ ބިޔަ ބޮޑު ސިޔާސީ ޕާޓީއަށެވެ.

-01.jpg&w=3840&q=75)
