logo
MPL

MPL

ޚަބަރު

ތަރައްގީއަށް އޮތް ހަމައެކަނި އުއްމީދަކީ ރައީސް މުއިއްޒު: އަބްދުއްރަހީމް

އައިޝަތު ނަޝާ
16 ނޮވެމްބަރު 2026 - 13:17
ތަރައްގީއަށް އޮތް ހަމައެކަނި އުއްމީދަކީ ރައީސް މުއިއްޒު: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަކީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި އަދި ތަރައްގީއަށް އޮތް ހަމައެކަނި މަގު ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީއާއި ޕީއެންސީން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަދާލަތާއި ޕީއެންސީން އެއްބަސްވުމެއްގައި ސޮއިކުރުމުން ދޭހަކޮށްދެނީ ގައުމުގައި ތިބި ހޭލުންތެރި އަދި ބުއްދިވެރި މީހުން ތިބީ ރައީސް މުއިއްޒުގެ ސަރުކާރާއެކީގައި ކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރަހީމް ވިދާޅުވީ އިސްލާމު ދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އަދި ރާއްޖޭގައި އެންމެ ދުވަސްވީ އެއް ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީން ޕީއެންސީއާ އެކު ކޯލިޝަނެއް ހެދުމަށް އެއްބަސްވުމުން ދޭހަކޮށްދެނީ ގައުމުގެ ރައްޔިތުން ރައީސް މުއިއްޒަށް ކުރަމުންދާ އިތުބާރު ކަމަށެވެ.

"މީގެން ދައްކުވައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ގައުމުގެ ބޮޑުބައި ހަރުދަނާ، ހޭލުންތެރި، ވިސްނުންތެރި، ބުއްދިވެރި މީހުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގަކަން. އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކޮށްގެންކަން. އެމަނިކުފާނަށް ތާއީދު ދެއްވަންކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް މުހައްމަދު ޝިފާން ވިދާޅުވީ އިސްލާމިކް ފައިނޭންސާއި ޒަކާތު ފަންޑު އިތުރަށް ފުޅާކުރުމަށާއި، ތައުލީމީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކުގެ އިތުރުން ގައުމަށާއި ދީނަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ކުރާ މަސައްކަތްތަކަށް އަދާލަތު ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރަން ނިންމީ އަދުލުވެރިކަމާ އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީއަށް އޮތް ހަމައެކަނި އުއްމީދަކީ ރައީސް މުއިއްޒު: އަބްދުއްރަހީމްޚަބަރު | 2 ގަޑިއިރު ކުރިންއަބްދުއްރަހީމް، ޔާމީނަށް: ހަމަހޭވެރިކަން ގެއްލިދިޔައީތޯ؟ޚަބަރު | މަހެއް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | 2 މަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 2 މަސް ކުރިން