logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ގައުމެއް ތަރައްގީވާނީ، އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން: އަލައިކާ

އިސްމާޢިލް ރާތިޢު
27 މާރިޗު 2026 - 17:48
ގައުމެއް ތަރައްގީވާނީ، އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން: އަލައިކާ

ގައުމެއް ތަރައްގީވުމަށްޓަކައި އެގައުމެއްގެ ކޮމިއުނިޓީތައްވެސް ތަރައްގީވާން ޖެހޭކަމަށާއި، އެ ކޮމިއުނިޓީތައް ތަރައްގީވުމަށްޓަކައި، ކޮމިއުނިޓީތަކުގައި ދިރިއުޅޭ އާއިލާތައް ތަރައްގީވާން ޖެހޭކަމަށާއި މިކަން ހާސިލުވާނީ އެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންކަމަށް، ޕީއެންސީގެ ފަރާތުން މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓު، އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

އަލައިކާ މިފަދައިން ވިދާޅުވެފައިވަނީ، އެކަމަނާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލައިކާގެ ވާހަކައިގައި ވަނީ، މާލެ ސިޓީއަށް މިއަދު ދިމާވެފައިވާ އިޖުތިމާޢީ ބައެއް މުހިންމު މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން، އާއިލާތައް އެކުގައި ނުކުމެ އުޅެލެވޭނެ ހިތްފަސޭހަ މާހައުލެއް ނެތުމާއި، މުނިފޫހި ފިލުވުމަށް ހަމަހަމަ ފުރުސަތެއް ނެތުންފަދަ މައްސަލަތަކަށް އަލައިކާގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.

މީގެ އިތުރުން، ޖެހިގެން ހުންނަ ގޯތި ތެރެއަށް ކުނިއެޅުންފަދަ، އަވަށްޓެރިންގެ ފަރާތުން ބައެއް ފަހަރު ދިމާވާ އުނދަގޫތަކާއި، ކެފޭ އަދި ހޮޓާތައް ފަދަ ތަންތަނުން ނުކުންނަ ދުމުގެ އަސަރު ގޭތެރެއަށްކުރުން ފަދަ މައްސަލަތަކުގެ ޝަކުވާވެސް ލިބެމުން އަންނަކަން އަލައިކާ ފާހަގަކުރެއްވިއެވެ.

އެއަށްފަހު، މާޅެ އަކީ ދިވެހިރާއްޖޭގެ "ހިތް" ކަމަށް ވިދާޅުވެ، ރާއްޖޭގައި ފުރުސަތުތައް އެންމެ ފަހިކޮށް ލިބެން ހުންނަންޖެހޭނީ މިސަރަހައްދުން ކަމަށް އަލައިކާ ވިދާޅުވިއެވެ. ކަން މިހެން އޮތްނަމަވެސް، މާލޭން ލިބެންޖެހޭ ފުރުސަތުތައް އެންމެ ފަހިކޮށް ލިބެން ނުހުންނަކަން ގިނަ އާއިލާތަކަުން ފާހަގަކުރާކަމަށް އަލައިކާ ވިދާޅުވިއެވެ. މާލޭގެ މިވަގުތުގެ ހާލަތަށް އިތުރަށް ބައްލަވާލައްވަމުން އަލައިކާ ވިދާޅުވީ، އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ތޮއްޖެހިފައިވާ ކުޑަކުޑަ ރަށެއްގައި ކަމަށާއި، މިޙާލުގައި އުޅޭއިރު ވަގުތުވެސް އެހާ މަދު ކަމަށާއި، އާއިލީ ދިރިއުޅުން ބިނާވެފައިވަނީ ސްކޫލް ގަޑިތަކާއި އޮފީސް ގަޑިތަކުގެ އިތުރުން މެދުނުކެނޑި ކުރިމަތިވާ ފިއްތުންތަކުގެ މައްޗަށް ކަމަށް އަލައިކާ ވިދާޅުވިއެވެ.

އެހެންކަމުން، ވަކީން ހާއްސަކޮށް އާއިލީ ޒިންމާތައް ކޮނޑުއަޅައިގެން ތިބޭ ފަރާތްތަކުގެ ކިބައިން، އާއިލާ ބެލެހެއްޓުމާއެކުއެކީ އެހެން ހުރިހާ ކަމަކަށްވެސް ވަގުތު ހުސްކުރަން އުންމީދުކުރެވުމުގެ ސަބަބުން މިކަމުގެ ނޭދެވޭ އަސަރު، އެފަރާތްތަކަށް އިންތިހާއަށް ކުރިމަތިވާކަން އަލައިކާ ފާހަގަކުރެއްވިއެވެ.

މިހުރިހާ ކަމަކަށްފަހު، މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް ކުރިމަތިލެއްވުމަށް އަލައިކާ ނިންމެވި ސަބަބު ވިދާޅުވެދެއްވިއެވެ. އެއީ، އާއިލާއެއް ބަދަހިކޮށް ބޭއްވުމަށް އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ ކަންކަމަށް ނަޒަރިއްޔާތު ހިންގާ، މާލެ ސިޓީ ތަރައްގީކުރުމަށް އެންމެ އިސްކަމެއްދޭ ކަންކަން ކަމަށް އެކަން ހަދާ، އަމަލީގޮތުން ނަތީޖާ ނެރެދެވޭނެ އަޒުމާއި ހިތްވަރު ހުރީތީ ކަމަށް އަލައިކާ ވިދާޅުވިއެވެ.

އެގޮތުން، އެކަމަނާގެ ކެމްޕެއިންގެ މައިގަނޑު ޝިއާރެއް ކަމަށް އިޚްތިޔާރުކުރައްވާފައި ވަނީވެސް، "ބަދަހި އާއިލާ" މި ޝިއާރެވެ. މިކަން ފާހަގަކުރައްވާ، އަލައިކާ ވިދާޅުވީ، ގައުމެއް ތަރައްގީވުމަށްޓަކައި އެގައުމެއްގެ ކޮމިއުނިޓީތައްވެސް ތަރައްގީވާން ޖެހޭކަމަށާއި، އެ ކޮމިއުނިޓީތައް ތަރައްގީވުމަށްޓަކައި، ކޮމިއުނިޓީތަކުގައި ދިރިއުޅޭ އާއިލާތައް ތަރައްގީވާން ޖެހޭކަމަށާއި މިކަން ހާސިލުވާނީ އެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންކަމަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމެއް ތަރައްގީވާނީ، އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން: އަލައިކާޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ މުރާލި ކެމްޕޭނުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީންރިޕޯޓް | 3 ގަޑިއިރު ކުރިންއަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ،" ދޫނި މާލަން" ރަސްމީކޮށް ހުޅުވައިފިޚަބަރު | 3 ގަޑިއިރު ކުރިންއިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފިޚަބަރު | 3 ދުވަސް ކުރިން