ބޭނުންވަނީ ޒުވާނުންނަށް މަޖިލީހުގައި ރައްޔިތުން ރިޕްރެޒެންޓް ކުރުމަށް ފުރުސަތު ދޭން: ރައީސް
28 މާރިޗު 2026 - 16:56

ތައުލީމީ އަދި ޤާބިލް ޒުވާނުން މަޖިލީހަށް ނުކުމެ ،މަޖިލީހުގައި ރައްޔިތުން ރިޕްރެޒެންޓް ކުރުމަށް ފުރުސަތު ލިބޭގޮތަށް ޤާނޫނަށް ބަދަލު ގެނެސްގެން އަދި ޤާނޫނީ ނިޒާމް ފަހިކޮށްދީގެން އެ ފުރުަސަތު ޒުވާނުންނަށް ދޭން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެސްޕްރެސޯ ވިތު ރައީސް ހަރަކާތްތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް އިތުރަށް ވިދާޅުވީ،މިހާރު ދިވެހިރާއްޖޭގެ ތިން ބާރުވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މަޤާމުތަކަށް ނުހޮވުމުގެ ސަބަބުން ޒުވާނުންނާއި އަންހެނުން ނިޒާމުގެ ތެރޭގައި ތަމްސީލު ނުވާކަމަށެވެ. އެހެން ކަމުން ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅިފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިކަމަކީ މިވަގުތު މަޝްވަރާ ކުރެވޭ ކަމަކަށްވުމުން، އެކަމުގައި ރައްޔިތުންނާއި ޙާއްސަކޮށް ޒުވާނުން އަދި އެނޫންވެސް ފަރާތްތަކުގެ ވިސްނުން ބައްލަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅިއްޖެ ނަމަ މިއީ ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާ ތެރެއަށް ވަދެވި ބާރުވެރިވެގެންދާނެ ކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނެ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ 20 އިންސައްތަ ޒުވާނުންނާއި އަންހެނުންނަށް ޙާއްސަ ކުރެއްވުން ރަނގަޅުކަމަށެވެ.
"އަޅުގަނޑަށް މިކަން ކުރުމަށް އެންމެ އިންސާފުވެރި ގޮތަކަށް ފެނިވަޑައިގަންނަނީ ގުރުއަތު ނަގައިގެން ދާއިރާތައް ކަނޑައެޅުން. މިއީ މިހާރުވެސް ކައުންސިލް މެންބަރުން އިންތިޚާބު ކުރުމުގައި ޢަމަލުކުރަމުންދާ އުސޫލެއް. މިހާރު އޮންނަ ނިޒާމުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންނަށްވެސް މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތުއޮވޭ.އެހެންނަމަވެސް ޤާބިލް ޒުވާނުންނާއި އަންހެނުން ހޮވުމުގެ ފުރުސަތު ވަރަށް ހަނި" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރާއްޖޭގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އާބާދީއަށް ބަލާއިރު ޒުވާނުންނަކީ 39 އިންސައްތައަށްވާއިރު އަންހެނުން 49 އިންސައްތަ ހިއްސާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އެފަރާތްތައް ތަމްސީލުކުރަން ވަކި އިންސައްތައެއް ޚާއްސަކުރުމަކީ މުހިންމުކަމެއްކން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަކީ މިހާރު ނެގުމަށް މަސައްކަތް ކުރާ އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް މި އިސްލާހު ގެނައުމަށް ހުށަހަޅުވަން ގަސްތުކުރައްވާކަމަށް ވިދާޅުވެފައެވެ.

.jpg&w=3840&q=75)
