ލ. ގަމު ފުލުސް އެކޮމޮޑޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި
30 މާރިޗު 2026 - 03:10

ލ. ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ބިނާކުރި އެކޮމޮޑޭޝަން އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމާލެވުނު މުހިންމު މަޝްރޫއެކެވެ.

Ad by Hajj Corporation
މި އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ލ. ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްލަ ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ މި އެކޮމޮޑޭޝަން ބްލޮކަކީ 50 މީހުންގެ ޖާގައިގެ އިމާރާތެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ވަސީލަތްތައް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. މީގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާހައުލު ފުލުހުންނަށް ފަހިކޮށްދިނުމެވެ.

.jpg&w=3840&q=75)
